Ads by Exprox

ޚަބަރު

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވައިލުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވައިފި!

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވައިލުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވައިފި!

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2024، 06:06

17 ސެޕްޓެމްބަރު 2024، 06:06

ކުރިއަށް އޮތް 20 އަހަރަށް ދިވެހިރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވައިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

ކުރިއަށް އޮތް 20 އަހަރަށް ހެދުމަށް ނިންމައިފައިވާ މި ޕްލޭން ހެދުމަށް ރައީސް މުޢިއްޒު ނިންމަވައިފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއި އެކުއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައި ވަނީ މިކަމާގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ވީޑިއޯއެއް މެދުވެރިކޮށް މަޢުލޫމާތު ދެއްވަމުންނެވެ.

ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މި ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެކަންކުރައްވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ ކަމާގުޅޭ އެކިއެކި ތަޖުރިބާކާރުންނާއި އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

އަދި މި ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް ޤާނޫނީ ބާރުވެރިކަން ލިބޭ ޕްލޭނަކަށް ހެދުމަށް ޚާއްޞަކޮށް މި ޕްލޭނަށް ޤާނޫނެއްވެސް ހައްދަވާނެކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.



އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި އަދި ކަމާބެހޭ ހުރިހާ ޖަމިއްޔާ ޖަމާޢަތްތަކާއި ކުޅިވަރުކުޅޭ ފަރާތްތަކާއި ސިޔާސީ އެކިއެކިޕާޓީތަކާއި ޤައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މި ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމުގައެވެ.

ރައީސް ޑރ މުޢިއްޒު ވިދާޅުވީ ކުރިއަށްއޮތް 20 އަހަރު ދުވަހަށް ޤައުމު އޮންނަންވީ ގޮތް އެމަނިކުފާނު މިހާތަނަށް ހިއްސާކުރައްވަމުން ގެންދަވާފައިވާނެކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާގޮތަށް މިކަންކަން ހާސިލު ކުރެއްވުންކަމުގައެވެ. 

އަދި އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ މި މަސައްކަތް ފެށިގެންދާއިރު މިއީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކުރެވޭ ކަމަކަށް ވެގެންދިއުން ކަމުގައި ވެސް ވިދާޅުވިއެވެ.

 މި ޕްލޭން ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ކެމްޕޭން އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު ތަރައްޤީގެ ވަޢުދެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco