Ads by Exprox

ޚަބަރު

އައްބާސް ޕީޖީގެ މަޤާމަށް އައްޔަނު ކުރަން މަޖިލީހުން ރުހުންދީފި!

އައްބާސް ޕީޖީގެ މަޤާމަށް އައްޔަނު ކުރަން މަޖިލީހުން ރުހުންދީފި!

ޕީޖީގެ މަޤާމަށް މަޖިލީހުން ރުހުން ދިން އައްބާސް. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2024، 05:59

17 ސެޕްޓެމްބަރު 2024، 05:59

ހުސްވެފައިވާ ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ރުހުންދީފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ޚާއްޞަ ޖަލްސާގައި އައްބާސް އެ މަޤާމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 85 މެމްބަރުންގެ އިއްތިފާޤުންނެވެ.

ޕީޖީގެ މަޤާމު ހުސްވެފައި ވަނީ، އެމަޤާމުގައި ހުންނެވި ހުސެއިން ޝަމީމް އެ މަޤާމުން ވަކި ކުރުމާއި ގުޅިގެންނެވެ.

ޕީޖީގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެބޭފުޅުންގެ ތެރެއިން ޕީޖީގެ މަޤާމަށް އައްޔަންކުރަން ރައީސުލްޖިުމްހޫރިއްޔާ މުހައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފައިވަނީ އައްބާސްގެ ނަންއެކަންޏެވެ. 

އެއާއެކު މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބާއްވައި، ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން އައްބާސް އެ މަޤާމަށް އައްޔަންކުރަން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ވަނީ ފާސްކޮށްފައެވެ.

ރައީސް އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސްވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ.

ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ޤާނޫނީ ވަކީލުކަން ކުރައްވާފައިވެ އެވެ. އޭގެ ފަހުން ރައީސް ޢަބްދުﷲ ޔާމީނުގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިޚާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލާގައި އެމަނިކުފާނު ތަމްސީލް ކުރެއްވެވި ވަކީލަކީވެސް އައްބާސްއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco