Ads by Exprox

ޚަބަރު

ޕްރޮސިކިޔުޓަރ ޖެނެރަލް ޝަމީމް މަޤާމުން ވަކިކުރުމަށް ފާސްކޮށްފި!

ޕްރޮސިކިޔުޓަރ ޖެނެރަލް ޝަމީމް މަޤާމުން ވަކިކުރުމަށް ފާސްކޮށްފި!

ޕްރޮސިކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމް. ފޮޓޯ: ސަން މީޑިއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޯގަސްޓު 2024، 02:20

22 އޯގަސްޓު 2024، 02:20

ޕްރޮސިކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމް އެމަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފިއެވެ.

ޕީޖީ ޝަމީމް އެމަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދެވެ.

ޝާހިދު ހުށައެޅުއްވި މިމައްސަލައަށް ޖަވާބުދާރީ ވުމަށް ޕީޖީ ޝަމީމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން ވަނީ ފުރުސަތު ދީފައެވެ. މިކަމަށް ކުރިއަށްގެންދިޔަ އެކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެނެވެ.

ޝަމީމް ޕީޖީގެ މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށައަޅައިފައިވާ ސަބަބު ތަކުގެ ތެރޭގައި ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން ހިމެނެއެވެ.

މީގެ އިތުރުން މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުމާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުމާއި، މަގާމުގައި ދެމިހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން ހިމެނައިފައިވެއެވެ.

ހަމަމިއާއި އެކު ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުމާއި، އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ މައްސަލަތަކެއް އަނބުރާ ގެންދިޔުމާއި، ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުމުގެ އިތުރުން ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުންވެސް ޝަމީމް ވަކިކުރަން ހުށައެޅި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ޝަމީމް މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށައަޅައިފައިވާއިރު، މިއަހަރުގެ ޑިސެމްބަރު މަހަށް އެނާގެ މަޤާމުގެ މުއްދަތު ހަމަވާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco