ޚަބަރު
ވެއްޓުނު މީހާގެ ފޮޓޯ އަދި ވީޑިއޯ ދައުރު ނުކުރަން ފުލުހުން އެދިއްޖެ

ފުލުހުންގެ އިލްތިމާސް ފޮޓޯ:އިންޓަނެޓް
މިއަދު ސްޓެލްކޯގެ ސީޓަވަރުން ވެއްޓިފައި އޮއްވައި ފެނުނު އިބްރާހިމް ޝަރަފްގެ ފޮޓޯ އަދި ވީޑިއޯ ދައުރު ނުކުރަން ފުލުހުން އެދިއްޖެ އެވެ.
މާލެ އަށް އުފަން 31 އަހަރުގެ ޝަރަފް ސްޓެލްކޯ ސީ ތަވަރުގެ 9 ވަނަ ފަންގިފިލާއިން ވެއްޓިފައި އޮއްވާފެނިފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.
ޝަރަފުގެ ހަށިގަނޑު ފެންނަ ފޮޓޯތަކެއް ވަނީ ސޯޝަލްމީޑިއާގައި ކޮންމެވެސް ވަރަކަށް ދައުރުވެފަ އެވެ.
މި ހާދިސާގައި ނިޔާވި ފަރާތުގެ ޢާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމްކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.