Ads by Exprox

ޚަބަރު

ޕީޖީގެ މަޤާމަށް އައްބާސް އައްޔަނުކޮށްފި!

ޕީޖީގެ މަޤާމަށް އައްބާސް އައްޔަނުކޮށްފި!

އައްބާސް މަޤާމުގެ ފަތްކޮޅާއި ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ސެޕްޓެމްބަރު 2024، 02:44

18 ސެޕްޓެމްބަރު 2024، 02:44

ހުލާސާ


 

 

ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ރައީސް އޮފީހުގެ ލީގަލް ސެކެޓްރީގެ މަޤާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަނުކުރައްވައިފިއެވެ. 

ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޕީޖީގެ މަޤާމަށް އައްބާސް އައްޔަނުކުރެއްވީ މިއަދުއެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައްބާސްއަށް މަޤާމުގެ ފަތްކޮޅު އަރުވައިފައިވަނީ ރައީސް ޑރ މުޢިއްޒެވެ. އައްބާސް އަށް މަޤާމުގެ ހުވައިލައި ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.

ޕީޖީގެ މަޤާމަށް، އައްބާސް ޝަރީފު އައްޔަން ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.

އައްބާސް އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަޤާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒްގެ މަޤާމެވެ. 

މީގެ އިތުރުން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސަރވިސް އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަމާއި، ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމާއި އަދި ޤާނޫނީ ދާއިރާގެ އެކިއެކި މަޤާމުތައް ހިމެނެއެވެ. 

މީގެއިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލުކަން ކުރައްވައިފައިވެއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ޢަބްދުލްޤައްޔޫމްގެ އިންތިޚާބީ ހައްޤާއި ގުޅިގެން ކުރިއަށްދިޔަ މައްސަލާގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުން ކޯޓުގައި ތަމްސީލް ކުރައްވައިފައިވެއެވެ. 

އައްބާސް ޝަރީފު ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco