Ads by Exprox

ޚަބަރު

ޤާސިމް އިބްރާޙީމްގެ ބަޔޮގްރަފީއެއް ނެރެފި

ޤާސިމް އިބްރާޙީމްގެ ބަޔޮގްރަފީއެއް ނެރެފި

ޤާސިމް އިބްރާޙިމްގެ ބަޔޮގްރަފީ ނެރެދެއްވަނީ، ފޮޓޯ: ކިޔު ޓީމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ފެބްރުއަރީ 2025، 06:51

11 ފެބްރުއަރީ 2025، 06:51

މަޝްހޫރު ވިޔަފާރި ވެރިއެއްގެ އިތުރުން، ދަޢުލަތުގެ އެންމެ މަތީ ފަންތީގެ މަޤާމުތައް ފުރުއްވައި، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި މާމިގިލި ދާއިރާގެ ގޮނޑީގައި އިންނެވި ޤާސިމް އިބްރާޙިމްގެ ބަޔޮގްރަފީއެއް ރޭ ނެރެފިއެވެ. 

ލާމަސީލު ދިވެއްސެއްގެ ގޮތުގައި ޤާސިމްގެ ހަޔާތްޕުޅު އެންމެ ކުރުކޮށް ސިފަކުރައްވައި ލިޔެފައިވާ މި ފޮތުގެ ނަމަކީ "ޤާސިމް އިބްރާހިމް: ލާމަސީލު ދިވެހި ދަރިއެއް" މިއެވެ.

މިކަމަށްޓަކައި އޮތް ޙާއްސަ ހަފްލާއެއްގައި މިފޮތް ނެރެދެއްވީ، ރައީސް މަޢުމޫން އަބްދުލް ޤައްޔޫމްގެ ދައުރުގައި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވި އިލްޔާސް އިބްރާޙިމްއެވެ. 

ފޮތް ނެރެދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ، ވިޔަފާރީގެ ކާމިޔާބީގައި ޤާސިމް ކުރިހޯއްދެވީ އައު ގޮތްގޮތް ތަޖުރިބާކޮށްގެން ކަމަށެވެ. އަދި ޤާސިމް ވިޔަފާރި ކުރެއްވީ އަމިއްލަ ފައިދާއަށް ވުރެން ބޮޑަށް ޤައުމުގެ ފައިދާއަށް ވިސްނަވައިގެން ކަމަށާއި، އެހެންކަމުން މި ވިޔަފާރިތަކުން ޤައުމަށް ގިނަ ފައިދާތަކެއް އަބަދުވެސް ކޮށްދެމުން އަންނަކަމަށް އިލްޔާސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ޤާސިމްގެ ވިޔަފާރިތަކުން ލިބުނު ފައިދާ ގިނަ ބަޔަކަށް އެހީތެރިވުމަށް ހޭދަކުރެއްވިކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

ޤާސިމްގެ ހާޔާތާ ގުޅޭ މި ފޮތް ލިޔުއްވާފައިވަނީ މަޝްހޫރު ނޫސްވެރިޔާ އަދި ބަޔޮގްރަފީ ލިޔުންތެރިޔާ މުޙައްމަދު ޖަމީލެވެ.

ޖަމީލް ފާހަގަ ކުރެއްވެވި ގޮތުގައި މި ފޮތް ލިޔުމަށް ވަރަށް ގިނަ ބަޔަކާއި އިންޓަވިއު ކުރެވުނެވެ. އެހެންކަމުން، ޤާސިމްގެ ހަޔާތުގެ ތަފްސީލީ ވާހަކަތައް ގެނަސްފައިވާތީ، މި ފޮތުގައި 800 އަށްވުރެ ގިނަ ޞަފްޙާ ހިމެނެއެވެ. 

ޤާސިމްގެ ވާހަކައިން ލައްކަ ގިނަ ފިލާވަޅުތަކެއް ލިއްބައިދޭނެ. ޢިލްމީ ގޮތެއްގައި ވިސްނައިފިނަމަ އޭނާގެ ހަޔާތުން ރަނގަޅު ދަރުސްތަކެއް ލިބޭނެ.

ޖަމީލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޤާސިމްގެ ބަޔޮގުރަފީގެ އޯޑިއޯ ފޮތެއްވެސް ނެރެފައިވެއެވެ. އަދި މި ފޮތުގެ އިނގިރޭސި ތަރުޖަމާ މިހާރު ލިޔަމުންއަންނަކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

ދަޢުލަތަށް ޤާސިމް ކުރެއްވެވި ޚިދުމަތްތަކުގެ ތެރޭގައި، ދިވެހި ސަރުކާރުގެ މާލީ ވަޒީރުކަމާއި، ދާޚިލީ ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރުކަން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS