Ads by Exprox

ޚަބަރު

އިމިގްރޭޝަންގެ ނަމުގައި ފޭރުނު ނަވީންގެ ބަންދަށް 10 ދުވަސް!

އިމިގްރޭޝަންގެ ނަމުގައި ފޭރުނު ނަވީންގެ ބަންދަށް 10 ދުވަސް!

އިމިގްރޭޝަންގެ ނަމުގައި ފޭރުނު މައްސަލާގައި ހައްޔަރުކުރި ނަވީން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ސެޕްޓެމްބަރު 2024، 02:45

18 ސެޕްޓެމްބަރު 2024، 02:45

އިމިގްރޭޝަންގެ ނަމުގައި ފޭރުނު މައްސަލާގައި ހައްޔަރުކުރި މުޙައްމަދު ނަވީންގެ މައްޗަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. 

މިމައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ ބިދޭސީން އުޅޭ ގެޔަކަށް ވަދެ އެތަނުގައި އުޅޭ ބަންގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި، 9،000 ރުފިޔާ ފޭރުނު މައްސަލައެއް އިއްޔެ ފުލުހަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އަދި މިމައްސަލާގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފައިވާ ކަމަށެވެ. 

އިމިގްރޭޝަންގެ ނަމުގައި ފޭރުމުގެ މައްސަލައެއް މިގޮތަށް ފެންމަތިވެފައިވާއިރު އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން ވަޙީދު ވިދާޅުވެފައިވަނީ އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަންގެ އައިޑީ ފެންނަން ހުންނާނެ ކަމަށެވެ. އަދި މިހާރު އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކަކީ އިމިގްރޭޝަންގެ އޮފިސަރުން ޔުނީފޯމް ލައިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކެއް ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco