Ads by Exprox

ޚަބަރު

ބީއެމްއެލްއަށް އޮތް އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެ: ރައީސް ޞާލިޙް

ބީއެމްއެލްއަށް އޮތް އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެ: ރައީސް ޞާލިޙް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ: އެމްޑީޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ސެޕްޓެމްބަރު 2024، 04:32

18 ސެޕްޓެމްބަރު 2024، 04:32

ބޭންކް އޮފް މޯލްޑިވްސް އަށް އޮތް އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ ވަރަށް ގިނަ އާންމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެއް ކަމަށްެވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ސަރުކާރުންވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ، ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލިއްޖެނަމަ އެއީ މުޅި މުޖަތަމަޢަށް ލިބޭނެ ބޮޑު ދެރައެއް، އެއީ ރައްޔިތުންގެ ބޭންކް" - ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައިވާއިރު  25 އޮގަސްޓުގައި ބީއެމްއެލް އިން ވަނީ އެބޭންކުގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އިޢުލާނެއް ކޮށްފައެވެ.

ބޭންކުގެ މި ނިންމުމާއި ގުޅިގެން މުޅި ޤައުމު ހަލަބޮލި ވެގެން ދިޔައެވެ. އެތައް ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތަކުން ސޯޝަލް މީޑިއާ ވަނީ ފުރިގެން ގޮސްފައެވެ.

އެއާއެކު، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސަރުކާރުގެ މަރުކަޒީ ބޭންކު އެމްއެމްއޭގެ އިރުޝާދުގެ ދަށުން ބީއެމްއެލުން ވަނީ އެބޭންކުގެ ނިންމުން ބާޠިލް ކޮށްފައެވެ. 

 އޭގެ ފަހުން އޮގަސްޓް 26ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ ބޭންކުގެ އެ ނިންމުމާއެކު ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ގޮވާލި މައްސަލައެއް ފެންމަތިވި ކަމަށް ބުނެ އެ މައްސަލަ ތަހްޤީޤު ކުރަން ފަށައިފައެވެ.

އެމައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގެންނަން އުޅުނީ މާލީ ބަޣާވާތެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެކަން ކޮށްފައިވަނީ ބަޔަކު މީހުން އަޑީގައި ތިބެގެންކަމަށްވެސް ރައީސް ތުހުމަތު ކުރައްވައިފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco