Ads by Exprox

ޚަބަރު

އިމާމުންގެ އަހަރީ ބައްދަލުވުން މިއަހަރު އޮންނާނެ: ވަޒީރު ޑރ ޝަހީމް

އިމާމުންގެ އަހަރީ ބައްދަލުވުން މިއަހަރު އޮންނާނެ: ވަޒީރު ޑރ ޝަހީމް

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ސެޕްޓެމްބަރު 2024، 06:26

18 ސެޕްޓެމްބަރު 2024، 06:26

އިމާމުންގެ އަހަރީ ބައްދަލުވުން މިއަހަރު އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވީ ރައީސް އޮފީހުގައި އިސްލާމީ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ އިމާމުންގެ އަހަރީ ބައްދަލުވުން މިއަހަރު އޮންނާނެ ކަމަށާއި މި ބައްދަލުވުމުގައި ހާޒިރުވެގެން 388 އިމާމުން ބައިވެރިވާނެ ކަމަށެވެ. އަދި އޮންލައިންކޮށް ބައިވެރިވުމަށް ވެސް ބައެއް އިމާމުން ރެޖިސްޓަރ ވެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން މިހާތަނަށް 402 އިމާމަކު ތާޒާ ކުރެވިފައިވާ ކަމަށާއި، އިމާމުންނަށް ހިންގާ ޢަރަބި ބަހުގެ ކޯސްތަކުގެ ލެވެލް 1 އަދި 2 33 އިމާމަކު ފުރިހަމަ ކޮށްފައިވާ ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ. 

ހަމަމިއާއި އެކު މިހާތަނަށް 60 އިމާމުން ރާއްޖޭން ބޭރުން ތަމްރީން ތަމްރީނު ކޮށްފައިވާ ކަމަށާއި، އެމަނިކުފާނުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުން ރާއްޖޭން ތަމްރީންކުރުންކަމަށްވެސް އިސްލާމީ ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.

އަދި ހަމަމިއާއެކު އެވުޒާރާއިން ހިންގާ ޒުވާން ޚަތީބުން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 234 ޚަތީބުން ތަމްރީނު ކުރެވިފައިވާ ކަމަށްވެސް ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުުރުންވެސް އެވުޒާރާއިން މިހާތަނަށް ކުރެވިފައިވާ ގިނަ ކަންތައްތަކެއް ވަޒީރު ވަނީ ނޫސްވެރިންނާއި ހިއްސާ ކުރައްވައިފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco