ދުނިޔެ

އިލޮން މަސްކް އޯޕަން އޭއައި ގަތުމަށް 97.4 ބިލިއަން ޑޮލަރު ހުށަހަޅައިފި

އިލޮން މަސްކް އޯޕަން އޭއައި ގަތުމަށް 97.4 ބިލިއަން ޑޮލަރު ހުށަހަޅައިފި

އިލޮން މަސްކް އަދި ސެމް އޯލްޓްމަން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ފެބްރުއަރީ 2025، 05:22

11 ފެބްރުއަރީ 2025، 05:22

އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އިލޮން މަސްކްގެ އިސްނެގުމުގެ ދަށުން އިންވެސްޓަރުންގެ ގްރޫޕަކުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި އޯޕަން އޭއައި ގަތުމަށް 97.4 ބިލިއަން ޑޮލަރުގެ ހުށަހަޅައިފިއެވެ. 

މަސްކް އާއި އޭނާގެ އަމިއްލަ އޭއައި ސްޓާޓްއަޕް ކަމުގައިވާ އެކްސްއޭއައި އަދި އިންވެސްޓްމަންޓް ފަރމްތަކުގެ ކޮންސޯޓިއަމްއަކުން ބޭނުންވަނީ ޗެޓްޖީޕީޓީގެ ވެރިފަރާތް ކަމުގައިވާ އޯޕަން އޭއައިގެ ކޮންޓްރޯލް ހޯދައި، އެ ކުންފުނި އަނބުރާ ނޮން-ޕްރޮފިޓް ރިސާރޗް ލެބަކަށް ބަދަލުކުރުމަށެވެ. މިކަން މަސްކްގެ ވަކީލު މާކް ޓޮބެރޮފް ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް، އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވަނީ މި ޑީލްއަށް ވަގުތުން ދެކޮޅު ހަދައިފައެވެ. މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އޯލްޓްމަން ބުނެފައިވަނީ "ޝުކުރިއްޔާ، އެކަމަކު ތިބޭފުޅުން ބޭނުންފުޅުނަމަ އަޅުގަނޑުމެން 9.74 ބިލިއަން ޑޮލަރަށް އެކްސް ގަންނާނަން" އެވެ. މަސްކް ވަނީ 2022 ވަނަ އަހަރު 44 ބިލިއަން ޑޮލަރަށް ޓްވިޓަރ (މިހާރުގެ އެކްސް) ގަނެފައެވެ.

މަސްކް އާއި އޯލްޓްމަން 2015 ގައި އެކުގައި އޯޕަން އޭއައި އުފެއްދި ނަމަވެސް، ފަހުން އެ ކުންފުނީގެ ލީޑަރޝިޕްއާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި ވާދަވެރިކަން އުފެދުނެވެ. މަސްކް 2018 ގައި އޯޕަން އޭއައިގެ ބޯޑުން އިސްތިއުފާ ދިނުމަށްފަހު، ދެފަރާތުގެ ދެމެދުގައި ދިގު މުއްދަތެއްގެ ޚިލާފު އުފެދިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ހަފްތާގައި ކެލިފޯނިއާގެ ފެޑެރަލް ކޯޓެއްގައި މަސްކް އާއި އޯޕަން އޭއައިގެ ވަކީލުން ވަނީ ކުރިމަތިލައިފައެވެ. މި މައްސަލައިގައި ފަނޑިޔާރު އިވޮން ގޮންޒާލެޒް ރޮޖަރސް ވަނީ މަސްކްގެ ވަކާލާތުތަކަށް ސުވާލު އުފައްދައި، އަދި އޯޕަން އޭއައި އާއި މައިކްރޯސޮފްޓްގެ ގުޅުމާ މެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.


                    

މި ލިޔުން ކިޔާލުމުން