Ads by Exprox

ޚަބަރު

“މާހަރާ” ޕޯޓަލް އިފްތިތާޙު ކޮށްފި!

“މާހަރާ” ޕޯޓަލް އިފްތިތާޙު ކޮށްފި!

މިއަދު ސިއްޚީ ވުޒާރާއިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސިއްޚީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ސެޕްޓެމްބަރު 2024، 06:28

18 ސެޕްޓެމްބަރު 2024، 06:28

ޢާންމުންގެ ޚިޔާލުތަކާއި ޝަކުވާތައް ހުށައެޅޭނެހެން ތައްޔާރުކޮށްފައިވާ ޞިއްޙީ ވުޒާރާގެ "މާހަރާ" ޕޯޓަލް ތަޢާރަފްކޮށްފިއެވެ.

 މި ޕޯޓަލް އަކީ ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއިއެކު ފަރުމާ ކުރެވިފައިވާ ޕޯޓަލް އެކެވެ. 

މިޕޯޓަލް މިއަދު އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކުރީގެ ޞިއްޙީ ވަޒީރު ޑރ އައިމިނަތު ޖަމީލެވެ.

މި ޕޯޓަލްއާއި ގުޅޭ ގޮތުން ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ، މި ޕޯޓަލްގެ އެހީގައި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ޙިއްޞާކުރުމުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަކީ ޞިއްޙީ ޚިދުމަތާއިމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މުހިއްމު އަދި ބޭނުންތެރިކަމެއް ކަމަށެވެ.

މީގެއިތުރުން، މިފަދަ ނިޒާމެއް ޤާއިމްކުރެވިގެން ދިއުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުޞަތެއް ކަން އެ ވުޒާރާއިން ފާހަގަކުރިއެވެ.

މިއަދު ފާހަގަ ކުރެވޭ، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހަކީ އާންމުން ހޭލުންތެރިކުރުމަށާއި ބަލިމީހުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޞިއްޙީ ޚިދުމަތްތެރިންގެ މެދުގައި ގުޅުން ހަރުދަނާ ކޮށް އެއްބާރުލުމަށް ލިބޭ ފުރުޞަތެކެވެ.

 މިދުވަހަކީ ބައިނަލް އަޤްވާމީ ފެންވަރުގައި ފާހަގަ ކުރެވޭ ދުވަހެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco