Ads by Exprox

ޚަބަރު

ސަލްމާން މިސްކިތުގައި ޒަމާނީ ފެންވަރުގެ ލައިބްރަރީ އެއް އެޅުމުގެ މަސައްކަތް ވަނީ ފެށިފަ: ވަޒީރު ޝަހީމް

ސަލްމާން މިސްކިތުގައި ޒަމާނީ ފެންވަރުގެ ލައިބްރަރީ އެއް އެޅުމުގެ މަސައްކަތް ވަނީ ފެށިފަ: ވަޒީރު ޝަހީމް

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ސެޕްޓެމްބަރު 2024، 08:00

18 ސެޕްޓެމްބަރު 2024، 08:00

ސަލްމާން މިސްކިތުގައި ޒަމާނީ ފެންވަރުގެ ލައިބްރަރީ އެއް އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަަޒީރު ޝަހީމް ވަނީ އިސްލާމީ މަރުކަޒުގައި ހުރި އިސްލާމީ ލައިބްރަރީ ބަންދު ކޮށްފައިވާ ކުރުމަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވައިފައެވެ. އެގޮތުން އެތަނުގައި ހުރި ފޮތްތައް ގުދަން ކުރެވިފައިވާ ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކަން ބަދަލުކޮށް، ކިންގް ސަލްމާން މިސްކިތުގައި ފިޒިކަލް ޤައުމީ ލައިބްރަރީއެއް ޤާއިމް ކުރައްވާނެ ކަމަށެވެ. އަދި އެ ތަން ޤާއިމް ކުރާނީ ޒަމާނީ ވަޞީލަތްތަކާއި އެކު ދިރާސާ ކުރާ މީހުންނަށް ފަސޭހައިން ދިރާސާ ކުރެވޭނެ ގޮތަށް ކަމަށް ވެސް ވަޒީރު ޝަހީމް ވިދާޅުވި އެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކިންގް ސަލްމާން މިސްކިތުގެ ލައިބްރަރީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރިން ހުޅުވުން ކަމަށެވެ.

ރާއްޖޭގެ އެެހެން ރަށްރަށުގައި ހުރި އިސްލާމިކް ސެންޓަރުތަކުގައި ވެސް ލައިބްރަރީތައް ޤާއިމްކޮށް، ބޭނުންކުރަން ފަށާނެ ކަމަށް ވަޒީރު ޑރ ޝަހީމް ވިދާޅުވި އެވެ. އެ ތަންތަން މިހާރު ހުރީ ހުސްކޮށް ކަމަށާއި، އެވުޒާރާގެ ފަރާތުން އެ ތަންތަނުގައި ލައިބްރަރީތައް ޤާއިމް ކުރައްވާނެ ކަމަށެެވެ.

އެގޮތުން ތިނަދޫ އިސްލާމިކް ސެންޓަރު، އުނގޫފާރު އިސްލާމިކް ސެންޓަރާއި ދިއްދޫ އަދި ހިތަދޫގައި ޤާއިމް ކުރާ ސެންޓަރެއްގެ އިތުރުން ފުވައްމުލަކުގައި އަޅާ ޤުރުއާނާ ބެހޭ މަރުކަޒުގައި ވެސް ލައިބްރަރީ ޤާއިމް ކުރައްވާނެ ކަމަށްވެސް ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ. 

 

 

  

މި ލިޔުން ކިޔާލުމުން

Ads by Stelco