Ads by Exprox

ޚަބަރު

ތަޖުރިބާ ދަތުރުގައި ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދަރިވަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި

ތަޖުރިބާ ދަތުރުގައި ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދަރިވަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި

ތަޖުރިބާ ދަތުރުގައި ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދަރިވަރުންނާއި ވަޒީރު ބައްދަލުކުރެއްވުން/ ފޮޓޯ: އިސްލާމިކް އެފެއާރޒް

13 ފެބްރުއަރީ 2025، 11:58

ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެން ރާއްޖޭގެ ކޮލެޖު އަދި ޔުނިވާސިޓީތަކުގައި ކިޔަވަމުންދާ ބައެއް ދަރިވަރުންނާއި، ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޚަޠީބުންނަށް ރާވާފައިވާ ސަޢުދީ ޢަރަބިއްޔާގެ ތަޖުރިބާ ދަތުރުގެ ބައިވެރިންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ، މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޒުވާން ދަރިވަރުންނަށް ނަސޭހަތްތެރިވެލައްވާ، ދަތުރުގެ ތެރެއިން ދަސްވާ ކަންކަން ޢަމަލީ މައިދާނުގައި ހިފުމަށް އިރުޝާދުދެއްވާފައެވެ. 

 އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރުގެ އިތުރުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވެސް ބައިވެރިވެވަޑައިގަނެފައި ވެއެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS