ދުނިޔެ

އީލޮން މަސްކްގެ 4 އަހަރުގެ ދަރިފުޅު ޓްރަމްޕާއި ދިމާލަށް "އަނގަ ގަދަނުކޮށް އިނުމަށް" ބުނާ ވީޑިއޯއެއް

އީލޮން މަސްކްގެ 4 އަހަރުގެ ދަރިފުޅު ޓްރަމްޕާއި ދިމާލަށް "އަނގަ ގަދަނުކޮށް އިނުމަށް" ބުނާ ވީޑިއޯއެއް

ވައިޓްހައުސްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ފެބްރުއަރީ 2025، 08:56

18 ފެބްރުއަރީ 2025، 08:56

ޓެކްނޮލޮޖީ ވިޔަފާރިވެރިޔާ އީލޮން މަސްކްގެ 4 އަހަރުގެ ދަރިފުޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދިމާލަށް "އަނގަ ބަންދުކުރާށޭ" ބުނެފައިވާކަމަށް ބުނާ  އެކްސް އޭ އޭ-12 (އެކްސް) ގެ ވީޑިއޯ މިހާރު ވަނީ އިންޓަނެޓުގައި ވައިރަލްވެފައެވެ.

ވައިޓް ހައުސްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އީލޮން މަސްކް އޭނާގެ ދަރިފުޅު އެކްސް ގޮވައިގެން ބައިވެރިވިއެވެ. މި ބައްދަލުވުމަކީ ސަރުކާރުގެ ހަރުދަނާކަން އިތުރުކުރުމަށް އުފައްދާފައިވާ އައު މިނިސްޓްރީއެއްގެ ވެރިޔަކަށް އީލޮން މަސްކް އައްޔަންކުރުމާ ގުޅޭ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

ނޫސްވެރިންގެ ސުވާލުތަކަށް އީލޮން މަސްކް ޖަވާބުދެމުން ދަނިކޮށް، އެކްސް ކުއްލިއަކަށް އެންމެންގެ ސަމާލުކަން ހޯދިއެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނާ ގޮތުގައި އެކްސް ވަނީ ޓްރަމްޕަށް މުޚާތަބުކޮށް "ތީ ރައީސެއް ނޫން... ދާންވީ" އަދި " އަނގަ މަޑުންލައިގެ އިނދޭ" ފަދަ ބަސްތައް ބުނެފައެވެ.



މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށި، ގިނަ ޕޯސްޓުތަކެއް މިލިއަނުން މީހުން ބަލާފައިވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި އެކްސް އެފަދަ އެއްޗެއް ބުނިކަން ޔަގީނެއް ނޫނެވެ. އަނެއްބައި މީހުން ބުނާ ގޮތުގައި މިއީ ދޮގު މަޢުލޫމާތެކެވެ.



މި ހާދިސާއަކީ މިހާރު އިންޓަނެޓުގައި ވަރަށް ބޮޑަށް ޝާއިޢުވެފައިވާ މައުޟޫއަކަށް ވެފައިވާއިރު، އެކި މީހުން މިކަމާ ދޭތެރޭ ދެކޭގޮތް ތަފާތުވެފައިވެއެވެ. މި ހާދިސާއާ ގުޅޭ ގޮތުން ރަސްމީ ފަރާތްތަކުން އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.
                    

މި ލިޔުން ކިޔާލުމުން