ދުނިޔެ

42 ދުވަހުން 25 ކިލޯ ލުއިކޮށްލި ޑޮކްޓަރަކަށް އެވޯޑާއި މެޑަލް ދީފި

42 ދުވަހުން 25 ކިލޯ ލުއިކޮށްލި ޑޮކްޓަރަކަށް އެވޯޑާއި މެޑަލް ދީފި

ޑޮކްޓަރ ވޫ ޓިއަންގެން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ފެބްރުއަރީ 2025، 09:55

18 ފެބްރުއަރީ 2025، 09:55

ޗައިނާގެ ސެންޓްރަލް ހުބޭ ޕްރޮވިންސްގެ ވޫހާން ޔުނިވަރސިޓީގެ ޖޮންގްނާން ހޮސްޕިޓަލުގައި މަސައްކަތްކުރާ 31 އަހަރުގެ ޑޮކްޓަރ ވޫ ޓިއަންގެން، އާދަޔާ ޚިލާފު ގޮތެއްގައި 42 ދުވަހުގެ ތެރޭގައި 25 ކިލޯގްރާމް ލުއިކޮށް، ފިޓްނަސް މުބާރާތަކުން ގިނަ އިނާމުތަކެއް ހޯދައިގެން ޗައިނާގެ ސޯޝަލް މީޑިއާގައި މަޝްހޫރުވެއްޖެއެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ރިޕޯޓުކުރި ގޮތުގައި، ހޮސްޕިޓަލުގެ މަސައްކަތުގެ ސަބަބުން ބަރުދަން އިތުރުވުމާ ގުޅިގެން ވޫ ވަނީ ފިޓްނަސް ދަތުރެއް ފަށާފައެވެ. 2023 ވަނަ އަހަރު ވޫގެ ބަރުދަން 97.5 ކިލޯއަށް އަރާ،  ފެޓީ ލިވަރ މައްސަލަ ކުރިމަތިވި ކަމަށް ބަލައިފައިވެއެވެ.

"އަހަރެންގެ އަމިއްލަ ނަފްސު ސަލާމަތް ނުކުރެވޭނަމަ، އެހެން މީހުން ސަލާމަތް ކުރާނީ ކިހިނެއް؟

ވޫ 

ވޫ ވަނީ ލިތުއޭނިއާގައި ބޭއްވުނު އައިއެފްބީބީ ވޯލްޑް ފިޓް މޮޑެލް ޗެމްޕިއަންޝިޕްގެ އޯވަރޯލް ފިޓް މޮޑެލް ޗެމްޕިއަންކަން ހޯދާފައިވާ ޝީ ފާން އޭނާގެ ކޯޗަކަށް ހަދައި، ބަރުދަން ލުއިކުރުމުގެ ދަތުރު ފަށާފައެވެ. ކޮންމެ ދުވަހަކު ދެ ގަޑިއިރު އެކްސަސައިޒް ކުރުމާއި، ހަ ގަޑިއިރު ނިދުން ފިޔަވައި އެހެން ހުރިހާ ކަމެއް ބަދަލުކުރެވިދާނެ ކަމަށް ވޫ އާއި އޭނާގެ ކޯޗު ރޭވިއެވެ.

ވޫގެ ހިތްވަރާއި ގަދައަޅައި މަސައްކަތް ކުރުމުގެ ސަބަބުން ގާތްގަނޑަކަށް ހަ ހަފްތާގެ ތެރޭގައި ބަރުދަން ލުއިކުރެވުނެވެ. މުބާރާތް ކައިރިވަމުން އައި ވަރަކަށް ވޫ ވަނީ ދުވާލަކު ހަތަރު ގަޑިއިރު ޖިމްގައި ހޭދަކޮށް ތަމްރީނުތައް އިތުރުކޮށްފައެވެ.

ވޫގެ ތަމްރީނުތަކުގެ ހަރުދަނާކަން ގިނަ ޕްރޮފެޝަނަލް އެތްލީޓުންނަށްވުރެ މަތި

 ޝީ 

73.5 ކިލޯގްރާމް ބަރުދަނާއި 182 އިސްކޮޅާއިއެކު ، ވޫ ވަނީ ޖެނުއަރީ މަހު ބޭއްވުނު ޓިއަންރުއި ކަޕް ފިޓްނަސް އެންޑް ބޮޑީބިލްޑިންގ މެޗުގައި ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވި ހަމައެކަނި ޑޮކްޓަރަކީ ވޫ ކަމަށްވާއިރު، އޭނާ ވަނީ އަލަށް ފަށާ ފަރާތްތަކުގެ ގިންތިއާއި ފިޓް މޮޑެލް ގިންތީގެ ޗެމްޕިއަންކަމާއި އެންމެ މަޤްބޫލު ބައިވެރިޔާގެ މަޤާމު ހޯދާފައެވެ.ވޫގެ މިކާމިޔާބީ އާއިއެކު އޭނާވަނީ މިހާތަނަށް 100 މީހުންގެ ބަރުދަން ލުއިކުރުމުގައި އެހީވެދީފައެވެ.


                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS