Ads by Exprox

ޚަބަރު

މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމް ވާންޖެހޭ ކަމެއްނޫން: ވަޒީރު ޝަހީމް

މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމް ވާންޖެހޭ ކަމެއްނޫން: ވަޒީރު ޝަހީމް

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޯގަސްޓު 2024، 04:01

22 އޯގަސްޓު 2024، 04:01

މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫން ވާންޖެހޭ ކަމެއްނޫން ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވީ ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއަށް ކުރިމަތިލެއްވި ފަރާތެއް މޫނު ބުރުގާ އަޅާތީ ރެކްރޫޓްމެންޓް ޕްރޮސެސް ގައި ނުހިމަނާ ޑިސްކޮށްލިފައި ކޮށްލައިފައިވާ ކަމަށްބުނެ، ފެތުރެމުންދާ ވާހަކަ އަކާއި ގުޅިގެން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއްނޫން، ތަހުޒީބު މުޖްތަމަޢެއް ބިނާކުރެވޭނީ އެންމެންނަށް ހައްޤުތައް ދީގެން، ތަޢުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅާފައި ތިބޭ، އެފަރާތްތަކުގެ ވަޒީފާގެ ހައްޤު ސިވިލްސާވިސް ކޮމިޝަނުން ކަށަވަރު ކުރަންޖެހޭ .

- ވަޒީރު ޑރ ޝަހީމް

މިކަމާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމާއި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތުކުރުމެއް އޮވެގެން ނުވާނެކަމަށެވެ.

އަދި އެފަދަ ތަފާތުކުރުން ގެނުވާ ގޮތަށް ކުރިން ހަދައިފައިވާ ޤަވާއިދުތަކާއި އުސޫލުތަކަށް ބަދަލުގެންނަން ޖެހޭކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco