Ads by Exprox

ޚަބަރު

މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައި ހުރި 450އަށް ވުރެ ގިނަ ވެހިކަލް ނަގައިފި

މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައި ހުރި 450އަށް ވުރެ ގިނަ ވެހިކަލް ނަގައިފި

މާލޭގެ މަގުމަތިން ވެހިކަލް ނަގަނީ، ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާރވިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ފެބްރުއަރީ 2025، 01:08

19 ފެބްރުއަރީ 2025، 01:08

މާލޭގެ މަގުތަކުގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް އުނދަގޫވާގޮތަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ނެގުމަށް މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިހާތަނަށް 468 އުޅަނދެއް މަގުމަތިން ނަގާފައިވާކަމަށް ހާމަކޮށްފިއެވެ.

މިއީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު މަގުތައް ބޭނުންކުރެވޭނެގޮތަށް ކަންކަން އިންތިޒާމުކުރުމަށް ކުރަމުން އަންނަ މަސައްކަތެއްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މިހާތަނަށް ފުލުހުން ނަގާފައިވާ އުޅަނދުތަކުގެ ތެރެއިން 432 އުޅަނދަކީ ދެ ފޮރުޅުލީ އުޅަނދުކަމަށް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ހަތަރު ފުރޮޅުލީ 33 އުޅަނދާއި 3 ބައިސްކަލު ހިމެނޭކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ. 

މިގޮތަށް ފުލުހުންގެ ބެލުމުގެދަށަށް ގެންދެވޭ ވެހިކަލްތައް ގެންދާތާ 7 ދުވަސް ވުމުން ވެރިފަރާތް ހާޒިރުވުމަށް އިއުލާންކުރެއެވެ. އަދި ވެރިފަރާތް ހާޒިރުވޭތޯ ދެ މަސް ދުވަސް ވަންދެން ބެލުމަށްފަހު، ވެރިފަރާތް ހާޒިރުނުވާނަމަ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމަށް ޓްރާންސްޕޯޓަށް ހުށަހައަޅައެވެ. އޭގެ ފަހުން އޮންނަ އުސޫލުގެ ތެރެއިން އުޅަނދު ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރެއެވެ.

މިގޮތަށް ނަގާފައިވާ ގިނަ ޢަދަދެއް އުޅަނދުތަކެއް ފުލުހުން ވަނީ މިދިޔަ މަހުވެސް ނައްތާލާފައެވެ. އެގޮތުން އުސޫލުގެ ތެރެއިން އެފަހަރު 446 އުޅަނދެއް ފުލުހުން ވަނީ ނައްތާލާފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS