Ads by Exprox

ޚަބަރު

ރައީސް މައުމޫނުގެ ނަމުގައި ދިވެހި ފޮންޓެއް ތަޢާރަފް ކުރަނީ

ރައީސް މައުމޫނުގެ ނަމުގައި ދިވެހި ފޮންޓެއް ތަޢާރަފް ކުރަނީ

މައުމޫން އަބްދުލް ޤައްޔޫމް/ ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

19 ފެބްރުއަރީ 2025، 09:51

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް އެ މަނިކުފާނުގެ އަމިއްލަ ފޮންޓެއް ތަޢާރަފް ކުރައްވަން ނިންމަވައިފިއެވެ.

މި ފޮންޓުގެ ނަމަކީ ވެސް "މައުމޫން" އެވެ. މި ފޮންޓް ނެރެނީ މައުމުން ފައުންޑޭޝަނާއި، އަކުރު ޓައިޕާ ގުޅިގެންނެވެ. 

މި ފޮންޓު ނެރެ އިފްތިތާޙު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރުދުވަހުގެ ރޭ މާލެ އާރޓް ގެލެރީގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ފޮންޓު އާންމުންނަށް ދައްކާލުމަށް ހޮނިހިރު ދުވަހު މާލެ އާރޓް ގެލަރީގައި މައުރަޒެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

ރައީސް މަޢުމޫނުއަކީ ތާނައަކުރުންނާއި އަރަބިން ވަރަށް ރީތިކޮށް ލިޔުއްވާ ބޭފުޅަކަށް ވީއިރު، މިއީ ރާއްޖޭގެ ރައީސެއްގެ އަތުލިޔުމަށް ފޮންޓެއް ތައާރަފްކުރާ ފުރަތަމަ ފަހަރެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS