ދުނިޔެ

ސައުދީ ސަރުކާރުން އުޒްބެކިސްތާނަށް ކައުބާގެ ކިސްވާގެ ބައެއް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން އުޒްބެކިސްތާނަށް ކައުބާގެ ކިސްވާގެ ބައެއް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން އުޒްބެކިސްތާނަށް ކައުބާގެ ކިސްވާގެ ބައެއް ހަދިޔާކުރުން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ފެބްރުއަރީ 2025، 09:23

20 ފެބްރުއަރީ 2025، 09:23

ބުދަ ދުވަހު ސައުދީ ޕްރެސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، ސައުދީ ސަރުކާރުން އުޒްބެކިސްތާނުގެ އިސްލާމީ ސިވިލައިޒޭޝަން ސެންޓަރަށް ކައުބާގެ ކިސްވާގެ ބައެއް ހަދިޔާކޮށްފިއެވެ.

މިހާރު އުޒްބެކިސްތާނަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި ހުންނެވި ސައުދީގެ ޙައްޖާއި އުމްރާގެ ވަޒީރު ތައުފީޤް އަލް-ރަބީޢާ، ސައުދީގެ ބާދުޝާހު ސަލްމާންގެ އަމުރުފުޅަށް، މި ފޮތީގެ ބައި އުޒްބެކިސްތާނުގެ ރައީސް ޝަވްކަތް މިރްޒިޔޯޔެވްއަށް  ހަވާލުކުރެއްވިއެވެ.

ޙައްޖާއި އުމްރާގެ މިނިސްޓްރީން ބުނި ގޮތުގައި، ރައީސް މިރްޒިޔޯޔެވް ވަނީ ޙައްޖާއި އުމްރާގެ ތަޖުރިބާ ތަރައްޤީކުރުމަށާއި އުޒްބެކިސްތާނުގެ ޙައްޖުވެރިންނަށް ސައުދީއަށް ދަތުރުކުރުން ފަސޭހަކޮށްދިނުމަށް ސައުދީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ.

މި ހަދިޔާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިސްލާމީ އަޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS