Ads by Exprox

ޚަބަރު

ފުލުހުންގެ ފްލެޓް ކޮރަޕްޝަން: "ގެއްލުނު" ވެހިކަލްތަކުގެ ތަފްސީލު ހިއްސާކުރަން އަންގައިފި

ފުލުހުންގެ ފްލެޓް ކޮރަޕްޝަން: "ގެއްލުނު" ވެހިކަލްތަކުގެ ތަފްސީލު ހިއްސާކުރަން އަންގައިފި

ޕޮލްކޯ ފްލެޓުތައް/ ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

20 ފެބްރުއަރީ 2025، 09:12

ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް، ބްލޫސް ހައުސިން ޕްރޮޖެކްޓުގައި ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން، ފްލެޓްތަކުގެ މަސައްކަތްތަކަށް ގެނައި ވެހިކަލްތަކާ ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުމަށް ފުލުހުންނަށް އަންގައިފިއެވެ.

އެމައުލޫމާތު ހިއްސާކުރަން މަޖިލީހުން އަންގާފައި ވަނީ، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް މަޖިލީހުން ފޮނުއްވި ސިޓީއެއްގައެވެ.

މި ސިޓީގައި ވަނީ 2017-2014 އަށް ބްލޫސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތަށް  ރާއްޖެއަށް އެތެރެކުރި އުޅަނދުތަކެއްގެ މައުލޫމާތުތައް އަންނަ އަންގާރަ ދުވަހުގެ ކުރިން ހިއްސާކުރަން އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ވެސް، އަދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ދަނީ މި މައްސަލަ ބަލަމުންނެވެ. އެކަމާ ގުޅިގެން އެންޓި އޭސީސީން އިއްޔެވެސް ވަނީ ޕޮލްކޯއަށް ވަދެފައެވެ.

ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ދަށުން 300 ހައުސިން ޔުނިޓު ހެދުމަށް ޕޮލްކޯއިން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ފެންމަތިވެފައިވަނީ އޮޑިޓް އޮފީހުން މިދިޔަ މަހުގެ 24 ވަނަ ދަވަހު އާންމުކުރި ހާއްސަ އޮޑިޓް ރިޕޯޓުންނެވެ. އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި މަޝްރޫއުގެ ބީލަމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށެވެ.

ވެހިކަލްތަކެއް ގެއްލުނު މައްސަލަ ފެންމަތިވި އިރު ފުލުހުން ފްލެޓް އިމާރާތް ކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުރިކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ.

އެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާ އަށް ދެ އަހަރު ތެރޭ ނިންމަން، ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު މަސައްކަތް ނިމުނު އިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS