Ads by Exprox

ޚަބަރު

ހުޅުމާލޭގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭ ފޭސް-1ގައި ހުންނަ "ފްރިޒް" ގުދަން، ފޮޓޯ: އެމްއެންޑީއެފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 ފެބްރުއަރީ 2025، 10:43

22 ފެބްރުއަރީ 2025، 10:43

ހުލާސާ

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ.

ހުޅުމާލޭ ފޭސް-1ގައި ހުރި ގުދަނެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ މާލޭ އޭރިޔާ ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައިވަނީ ރޭގެ 12:36 ހާއިރެވެ. 

އަލިފާން ރޯވެފައިވަނީ ހުޅުމާލޭ ފޭސް-1ގައި ހުންނަ "ފްރިޒް" ގުދަނުގެ 4 ވަނަ ފަންގިފިލާގައެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަގުތުން ހަރަކާތްތެރިވެފައިވާކަން އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

މި އަލިފާންގަނޑު އިތުރަށް ނުފެތުރެނީސް އެމްއެންޑީއެފްއިން ވަނީ ގާތްގަނޑަށް ހާދިސާގެ ރިޕޯޓު ލިބުނުތާ ބައިގަޑިއިރުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. އެގޮތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 01:03 ހާއިރެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS