Ads by Exprox

ޚަބަރު

ރައްޔިތުންގެ މަޖިލީހުން މިއަދު ހަތް ބިލެއް ފާސްކޮށްފި!

ރައްޔިތުންގެ މަޖިލީހުން މިއަދު ހަތް ބިލެއް ފާސްކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޯގަސްޓު 2024، 04:45

22 އޯގަސްޓު 2024، 04:45

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުނު ހަތް ބިލެއް މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މިދިޔަ ދެ ހަފްތާގެ ތެރޭގައި ފޮނުވާފައިވާ ހަތް ބިލެއް ދިރާސާ ކުރުމަށް ފަހު ކޮމިޓީން ފޮނުވި ގޮތުގެ ރިޕޯޓަށް ބަހުސްކޮށްފައިވެއެވެ.

ކޮމިޓީން ފާސްކުރި ގޮތަށް، އެއްވެސް ބަދަލެއް ގެނައުމެއް ނެތި ރައްޔިތުންގެ މަޖިލީހުން ހަތް ބިލެއް ފާސްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:-

  •  ފޮރިން އިންވެސްޓްމަންޓްގެ ބިލް
  •  ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް
  •  ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާއިބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް
  •  ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް
  •  ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް
  •  ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް
  •  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް

މީގެ ތެރެއިން ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލަށް އިދިކޮޅު އެމްޑީޕީގެ އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާއިރު، ބާކީ ހުރި ބިލުތައް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ތިއްބެވި 77 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco