ދުނިޔެ

ސަރުކާރު މުވައްޒަފުން ވަޒީފާ އަދާކުރި މިންވަރު ބުނެނުދީފިނަމަ ވަޒީފާއިން ވަކިކުރާނަން: މަސްކް

ސަރުކާރު މުވައްޒަފުން ވަޒީފާ އަދާކުރި މިންވަރު ބުނެނުދީފިނަމަ ވަޒީފާއިން ވަކިކުރާނަން: މަސްކް

ޓްރަމްޕް (ކ) އާއި މަސްކް (ވ)---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ފެބްރުއަރީ 2025، 10:12

23 ފެބްރުއަރީ 2025، 10:12

އެމެރިކާގެ ސަރުކާރުގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އުފުލާ މިންވަރު ސާފުކޮށްނުދޭނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްވައިޒަރ، އީލޮން މަސްކް ބުނެފިއެވެ.

"އެކްސް" ގައި ރާއްޖެ ގަޑިން ރޭ މެންދަމު ކުރި ޕޯސްޓެއްގައި މަސްކް ބުނީ، މިދިޔަ ހަފްތާގައި މަސައްކަތުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ މިންވަރު ބެލުމަށް އީމެއިލްއެއް ފޮނުވާފައިވާނޭކަމަށާއި، މި އީމެއިލްއަށް ޖަވާބުދާރީ ނުވެއްޖެނަމަ ސަރުކާރު ވަޒީފާއިން ވަކިވާން ޖެހޭނެކަމަށެވެ.

އަދި މިއީ ރައީސް ޓްރަމްޕުގެ ލަފާގެ މަތިން ކުރަން ފަށާފައިވާ މަސައްކަތެއްކަމަށް ވެސް މަސްކު ވިދާޅުވިއެވެ.

މަސްކް މި ޕޯސްޓު އާންމުކުރީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތް މިހާރަށް ވުރެ ކުޑަކުރުމަށް ރައީސް ޓްރަމްޕް އެންގިތާ މާގިނައިރުތަކެއް ނުވަނީހެވެ. އެހެންކަމުން މިއީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ބައެއްކަމަށް ބެލެވެއެވެ.

މިދިޔަ ހަފްތާގައި ވަޒީފާގެ ޒިންމާ އަދާކުރި މިންވަރު ބެލުމަށް ހުރިހާ ފެޑެރަލް މުވައްޒަފުންނަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި އީމެއިލްއެއް ލިބޭނެ. އެޔަށް ޖަވާބު ނުދީފި ނަމަ ބަލާނީ އެއީ އިސްތިއުފާ ހުށަހެޅުން ކަމަށް.  

ޓްރަމްޕުގެ ކެމްޕެއިނަށް އެންމެ ގިނަ ޚަރަދުކުރި މަކްސް އެކްސްގައި ކުރި ޕޯސްޓުގައި ވެއެވެ.

ބޭރުގެ މީޑިއާތައް ބުނާގޮތުން، އެ އީމެއިލްގައި ވަނީ ސަރުކާރު މުވައްޒަފުން މިދިޔަ ހަފްތާގައި ކުރި ކަންތައްތައް ފަސްވަރަކަށް ޕޮއިންޓުން ބުނެދިނުމަށެވެ.

އެ އީމެއިލް ފޮނުވާފައިވަނީ ޔޫއެސް އޮފީސް އޮފް ޕާސަނަލް މެނޭޖްމަންޓް (އޯޕީއެމް) އިންނެވެ. މި އީމެއިލް އަށް ހޯމަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ޖަވާބު ދޭންޖެހޭނެކަމަށް އަންގާފައިވެއެވެ.

އެމެރިކާގެ ފެޑެރަލް މުވައްޒަފުންގެ އެންމެ ބޮޑު ޔުނިއަން ކަމަށްވާ އެމެރިކަން ފެޑެރޭޝަން އޮފް ގަވަމެންޓް އެމްޕްލޯއީސްއިން ވަނީ މަސްކުގެ މި އެންގުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފެޑެރޭޝަނުން ބުނީ، މި އެންގުމާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ވާނީ ޤާނޫނާ ޚިލާފު ކަމެއްކަމަކަށެވެ. އަދި މި މައްސަލައިގައި އެ ފެޑެރޭޝަނުން ކޯޓަށް ދާނެކަމަށް ވެސް ވަނީ ބުނެފައެވެ.

ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޮޖް)ގެ ނަމުގައި ވަކި އިދާރާއެއް ހަދައި އެތަނުގެ ހިންގުން މަސްކްއާ ހަވާލުކޮށްފައިވާއިރު، ސަރުކާރު ހިންގުމުގެ ޚަަރަދު ކުޑަކުރުމުގެ ނަމުގައި ބޮޑެތި ނިންމުންތައް އެ ތަނުން ގެންދަނީ ނިންމަމުންނެވެ. އެގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް، އެކި ޤައުމުތަކާއި ޖަމާޢަތްތަކަށް ދޭ އެހީތައް ވެސް ވަނީ ކަނޑާލައިފައެވެ.

މި ލިޔުން ކިޔާލުމުން