ޚަބަރު
ސްޓެލްކޯގެ މޯބައިލް އެޕަށް ރާއްޖޭއިން ބޭރުން ޑީޑޮސް ހަމަލާތަކެއް އައިއްސި

ސްޓެލްކޯ/ ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް
ސަރުކާރުން ރަމަޟާން މަހާ ދިމާކޮށް ހިންގަމުންދާ މަސްދަޅު ކޭސް ބެހުމުގެ ހަރަކާތަށް، އޮންލައިންކޮށް ކޯޓާރ ބެހަން ފެށުމާ ވިދިގެން، ސްޓެލްކޯއަށް ވަނީ ބޭރު ޤައުމުތަކުގެ ފުށުން ފިއްތުންތަކަކާ ކުރިމަތިވެފައެވެ. މިގޮތުން، ބޭރު ޤައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް، ސްޓެލްކޯގެ އެޕްލިކޭޗަނަށް ވަނީ އަމާޒުކޮށްފައެވެ.
ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، އަޅުގަނޑުމެންގެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ޤައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް ވަނީ އަމާޒުވެފައި. މި…
— STELCO (@STELCOMALDIVES) February 22, 2025
މި ހަމަލާއާ ގުޅިގެން ސްޓެލްކޯގެ އެޕްލިކޭޝަންގެ ޚިދުމަތް ވަނީ ކުޑަ ވަގުތުކޮޅަކަށް ކެނޑިފައެވެ. މި އެޕްލިކޭޝަނަށް ކުރިމަތިވި ހަމަލާ ކޮންޓްރޯލުކޮށް، ހަމަ އެރޭ އެ އެޕްލިކޭޝަން އަލުން ބޭނުންކުރެވޭނެ ގޮތް ސްޓެލްކޯއިން ހަދައިދެއްވާފައި ވީ ނަމަވެސް، މި ވަގުތުކޮޅުގެ ތެރޭގައި މި އެޕް ބޭނުން ކުރައްވަން ބޭނުންވި ކަސްޓަމަރުންނަށް ދިމާވި ދަތިކަށް ސްޓެލްކޯއިން މަޢާފަށް އެދިފައިވެއެވެ.