ޚަބަރު
ކްރިމިނަލް ކޯޓުން ހޯދަން ބޭނުންވާ މީހެއްގެ ވަނަވަރު އާންމުކޮށްފި

ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދާ މީހާ---

ފަރުދުން
24 ފެބްރުއަރީ 2025، 09:06
24 ފެބްރުއަރީ 2025، 09:06
ކްރިމިނަލް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން، އެ ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހެއްގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާންމުކޮށްފިއެވެ.
މި މީހާ ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެންނެވެ.
ކްރިމިނަލް ކޯޓުގެ މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ޢަލީ ނަޛީރު، ދަފްތަރު ނަންބަރު ރސ 14057 / މާލެ (42އ) އެވެ.
އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ 2025 ފެބްރުވަރީ 27 ވަނަ ދުވަހުގެ 15:00 އަށެވެ.
ޢަލީ ނަޛީރު އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.