ޚަބަރު
ހިޔާ ޓަވަރެއްގައި ވަޅިން ބިރުދައްކައިގެން މާރާމާރީ ހިންގަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި

ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ހިޔާ ފުލެޓެއްގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ހޯމަ ދުވަހުގެ 22:54 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުގެ އެޕާޓްމަންޓެއްގައި ވަޅިން ބިރުދައްކައި، މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވާފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، ފިޔާތޮށިގެ، މުޙައްމަދު ލުބާން ގައްހާރު (26 އ) އެވެ.
ހައްޔަރުގައިވާ ލުބްނާންއާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއްވާފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.