Ads by Exprox

ޚަބަރު

މުލަ ރޯދަ ދުވަހު މަސްދަޅު ކޭސް ދޫނުކުރާނެ

މުލަ ރޯދަ ދުވަހު މަސްދަޅު ކޭސް ދޫނުކުރާނެ

މަސްދަޅު ކޭސް ދޫކުރުން، ފޮޓޯ: ސަން އޮންލައިން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 ފެބްރުއަރީ 2025، 10:41

27 ފެބްރުއަރީ 2025، 10:41

މުލަ ރޯދަ ދުވަސްކަމުގައި ކަލަންޑަރުގައި ކަނޑައަޅާފައިވާ ހޮނިހިރު ދުވަހު، ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް ދޫނުކުރާނެކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، މާދަމާއިން ފެށިގެން މަސްދަޅު ކޭސް ދޫކުރާ ގަޑިތަކަށް ވެސް ވަނީ ބަދަލުގެނަސްފައެވެ. އެގޮތުން މާދަމާއިން ފެށިގެން މިކަން ކުރިޔަށްދާނީ ރޭގަނޑު 9:30 އިން 11:30 އަށެވެ. އަދި އާދިއްތަ ދުވަހުން ފެށިގެން ވެސް މަސް ދަޅު ކޭސް ދޫކުރާނީ ހަމަ އެ ގަޑިތަކުގައިކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

މާލޭގައި މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ މިދިޔަ ބުރާސްފަތިދުވަހެވެ. 

އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހީންނަށެވެ. އަދި މަސްދަޅު ކޭސް ބަލާ ދާ މީހާގެ އައިޑީ ކާޑާއި ކަރަންޓް ބިލުގެ ކޮޕީއެއް ގެންދިއުން މުހިންމުކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

ރޯދަ ހަދިޔާ 2025ގެ ގޮތުގައި ސަރުކާރުން އަންނަނީ ކޮންމެ ގޭބީސީއަކަށް 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެއް ދޫކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS