Ads by Exprox

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ކިއޮސްކްތައް ކުއްޔަށްދޭން ހުޅުވާލައިފި!

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ކިއޮސްކްތައް ކުއްޔަށްދޭން ހުޅުވާލައިފި!

އެޗްޑީސީ އިން ޤާއިމް ކޮށްފައިވާ ކިއޮސްކްތައް. ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2024، 01:32

25 އޯގަސްޓު 2024، 01:32

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ކިއޮސްކްތައް ކުއްޔަށްދޭން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އެޗްޑީސީ އިން ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެތަންތަން ކުއްޔަށް ދޫކުރަން ހުޅުވާލާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 20 ކިއޮސްކް އަށް ކަމަށެވެ.

އެގޮތުން ކިއޮސްކް ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތްތައް ކަނޑައެޅި ގެންދާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުންކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

ކިއޮސްކްތައް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް އީއޯއައި ފޯމު ހުށަހެޅުން ކުރިއަށް ގެންދާނީ 3 މަރުހަލާއަކަށް ބަހާލެވިގެންކަމަށް އެޗްޑީސީން ބުނެ އެވެ.

އެގޮތުން ފޯމު ވިއްކުން ކުރިއަށް ދާނީ މިމަހުގެ 25 ހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހަށް ކަމަށްވާއިރު އެ މުއްދަތު ތެރޭ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 2:00 އަށް ފޯމު ލިބޭނެކަމަށް އެޗްޑީސީން ބުނެ އެވެ.

ހަމަމިއާއި އެކު ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ ފޯމު ވިއްކުމަށްވެސް ހަމަޖެހިފައިވާ މުއްދަތުތެރޭ ކޮންމެ ދުވަހެއްގެ މެންދުރު 14:00 ގެ ނިޔަލަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެގޮތުން ފޯމު ވިއްކާ އަދި ހުށައަޅާނީ ސެންޓްރަލް މޯލް ގްރައުންޑް ފްލޯގެ އެޗްޑީސީ ރިސެޕްޝަނުން ކަމަށް އެ ކޯޕޮރޭޝަނުން ބުނެ އެވެ.

އެޗްޑިސީން ބުނީ އެކަމަށް ގުރުނެގުން ކުރިއަށް ދާނީ 19 ސެޕްޓެމްބަރުގެ ހެނދުނު 10:00 ގައިކަމަށެވެ. އަދި ގުރު ނެގުން ކުރިއަށްދާނެ ތަނެއްގެ މަޢުލޫމާތު ފަހުގެ ތާރީޚެއްގައި އިޢުލާންކުރާނެކަމަށް އެޗްޑީސީން ބުނެ އެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco