Ads by Exprox

ޚަބަރު

ރޯދަމަހުގެ ފުރަތަމަ ދުވަހު މާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް

ރޯދަމަހުގެ ފުރަތަމަ ދުވަހު މާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް

ސްޓެލްކޯ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 މާރިޗު 2025، 10:56

02 މާރިޗު 2025، 10:56

ހުލާސާ

މުލަރޯދަ ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ އެ ދުވަހުގެ 16:00ގައި.

ރޯދަމަހުގެ ފުރަތަމަ ދުވަހު މާލޭ ސަރަޙައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް ގޮސްފައިވާކަމަށް، ސްޓެލްކޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު މާލެ އާއި ހުޅުމާލެއިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު 78 މެގަވޮޓްގައި ހުރިއިރު، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓްގައެވެ.

ސްޓެލްކޯއިން އާންމު ކުރި ޗާޓުން ދައްކާ ގޮތުގައި މުލަރޯދަ ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ އެ ދުވަހުގެ 16:00ގައެވެ.

އަދި ސްޓެލްކޯއިން އަންދާޒާކޮށްފައިވާ ގޮތުގައި، ރޯދަ މަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު ދަށީ، ވިއްސާރަ ދުވަހަކަށްވުމުންނާއި، އެ ދުވަހު އޮފީހާއި ސްކޫލްތައް ބަންދު ދުވަހަކަށް ވުމުންނެވެ. 

ރަމަޟާންމަހާ ދިމާކޮށް މާލެ ސަރަހައްދުގައި އިތުރު 17 މެގަވޯޓުގެ ކަރަންޓު އުފެއްދޭ 12 ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަން މީގެ ހަފުތާއެއް ކުރިން ސްޓެލްކޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން، މާލޭ ސަރަޙައްދުގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމަށް ހުޅުމާލޭގައި އާ އިންޖީނުގެޔެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

ރަމަޟާންމަހު ކަރަންޓު ބިލާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ. އެގޮތުން މިދިޔަ އަހަރު ރޯދަމަހާ އެއްގޮތަށް މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން 10 ޕަސެންޓު ޑިސްކައުންޓް ދިނުމަށް ރައީސްވަނީ ނިންމަވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco