ޚަބަރު
ރޯދަ މަހު މާލެ ސަރަހައްދުގައި ވެކްސިންދޭ ގަޑިތައް އާންމުކޮށްފި

ވެކްސިން/ ފޮޓޯ: އިންޓަރނެޓް
މާލޭ ސަރަހައްދުގައި ރޯދަ މަހު ވެކްސިން ދޭ ގަޑިތަކާއި މަރުކަޒުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފިއެވެ.
އެގޮތުން މާލޭގައި ހުންނަ ދަމަނަވެށިން ސަރުކާރު ބަންދު ނޫން ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:15 އިން ފެށިގެން މެދުރު 1:15 އަށް ރޫޓިން އަދި ޓްރެވެލް ވެކްސިން ދިނުން ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ރޭގަނޑު 9 އަކުން ދިހައަކަށް ދަތުރުކުރާ ފަރާތްތަކުން ޖަހާ ވެކްސިން ޖެހުން ކުރިއަށް ދާނެއެވެ.
ރަމަޟާންމަހު މާލެ ސަރަޙައްދުގެ ވެކްސިންދޭ މަރުކަޒުތަކާއި ގަޑިތައް pic.twitter.com/6d92O5sYQn
— Health Protection Agency (@HPA_MV) March 3, 2025
ހުޅުމާލޭ ހޮސްޕިޓަލް، މެޑިކާ، އޭޑީކޭ، ސެނަހިޔާ، ވިލިމާލެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް އަދި ހުޅުމާލެ ފޭސް2 ގައި ހުންނަ ޖީޕީ ކްލިނިކުން ވެސް ވެކްސިން ދެމުން ގެންދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން މަޢުލޫމާތުދެއްވައެވެ.