Ads by Exprox

ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަހަރު ކުޑަކުދިންނަށް ހައްޖަށް ނުދެވޭގޮތް ހަދައިފި

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަހަރު ކުޑަކުދިންނަށް ހައްޖަށް ނުދެވޭގޮތް ހަދައިފި

ކުޑަ ޙައްޖާއެއް/ ފޮޓޯ: ޑެސެރެޓް ނިއުސް

03 މާރިޗު 2025، 02:40

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ކުޑަކުދިންނަށް ނުދެވޭނެ ކަމަށް ސައޫދީ ހައްޖު މިނިސްޓްރީން ނިންމަވައިފިއެވެ.

މިނިސްޓްރީން މިފަހަރުގެ ހައްޖުގެ އަޅުކަމުގައި އަމަލުކުރާ އުސޫލުތައް މިދިޔަ މަހު އިއުލާނުކޮށްފައިވާއިރު ކުޑަކުދިންނަށް ފުރުސަތު ނުދޭން ނިންމީ، މީހުން ގިނަވުމާއި ގަދަ ހޫނުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތްކުރުމަށާއި، ހައްޖުގެ އަޅުކަން ރައްކާތެރިކަމާއި އޮމާންކަމާ އެކު ކުރިއަށް ގެންދަން މަގު ފަހިކުރުމަށް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ ކުޑަކުދިންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދޭނެ ޚާއްސަ ހާލަތެއް ވެސް ނޯންނާނެ ކަމަށެވެ. އަދި އަލަށް ހައްޖުވާ މީހުންނަށް މިފަހަރު އިސްކަން ދޭން ނިންމާފައި ވާކަމަށާއި ކުޑަކުދިން އުމުރު ހަމަވުމުން ހައްޖުގެ އަޅުކަމުން އަލުން ފުރުސަތު ހޯދަން މަޑުކުރުމަށް މިނިސްޓްރީން އިލްތިމާސް ކުރެއްވިއެވެ.

މި ފަހަރު ހައްޖުގެ އަޅުކަމުގެ ދުވަސްތައް ދިމާވާނީ ޖޫން މަހުގެ 4-6 އާ ދެމެދަށެވެ. މިނިސްޓްރީން ލަފާކޮށްފައި ވަނީ ހައްޖުގެ އަޅުކަމުގެ ހުރިހާ ކަންކަމެއް ޖޫން 11 އަށް ނިމޭނެ ކަމަށެވެ.

މިފަދަ ނިންމުމެއް ސައޫދީގެ ހައްޖު މިނިސްޓްރީން މީގެ ކުރިން ނިންމާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS