Ads by Exprox

ޚަބަރު

ފަރުވާދޭ މަރުކަޒުން ފިލަން ދުވި ދެމީހުން ހައްޔަރުކޮށްފި

ފަރުވާދޭ މަރުކަޒުން ފިލަން ދުވި ދެމީހުން ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު/ ފޮޓޯ: މުޅިރާއްޖެ

05 މާރިޗު 2025، 10:48

ރީހެބްގެ ޚިދުމަތް ހޯދަމުންދިޔަ ދެ ފަރާތެއް ހުޅުމާލޭގެ ފަރުވާދޭ މަރުކަޒުން ފިލައިގެން ގޮސް މަސްތުވާ ތަކެތި ބޭނުންކުރަމުން ދަނިކޮށް ފެނި، ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހުން ގެންގޮށްފިއެވެ. 

މި މައްސަލައިގައި ހައްޔަރުކުރީ ސ. ހިތަދޫ/ ކުރިބޯށިގެ، މުހައްމަދު ޒަރީރު (37 އަހަރު) އާއި ގ. ސެންޓުގެ އާގެ/ މުހައްމަދު އަލިމަނިކު (40 އަހަރު) އެވެ.

ކްރިމިނަލް ކޯޓުން ވަނީ، މި ދެމީހުން 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. 

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފާއިތުވި ނޮވެމްބަރު މަހު ހާމަކުރި ގޮތުގައި، މަސްތުވާތަކެތީގެ ފަރުވާއަށް އެއްބާރުލުން ނުދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އެ އެޖެންސީއިން ވަނީ ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco