Ads by Exprox

ޚަބަރު

ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިއްޔެ މެންދުރު އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން

05 މާރިޗު 2025، 01:46

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން ދިޔަ ދެ2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދައި، އެފަރާތްތަކާއި މެދު އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް މި ރަމަޟާން މަހުގައިވެސް ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އިއްޔެ މެންދުރުފަހު "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާލޭގައި ހިންގަމުން އައި ގަރާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ގަރާޖު ބަލައި ފާސްކުރުމަށްފަހު، އެތަނުން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 2 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން އިމިގްރޭޝަނުން ވިދާޅުވީ، ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ވެސް އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ. އަދި ރަމަޟާން މަހުގައި ވެސް އެ އިދާރާގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އިމިގްރޭޝަނުން ވަނީ މިއަހަރުގެ ތެރޭގައި ވެސް ގިނަ ރެއިޑް އޮޕަރޭޝަންތަކެއް ހިންގާ، 100 އަށް ވުރެ ގިނަ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ އިދާރާގެ ޑީޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

އިމިގްރޭޝަންގެ ޚާއްޞަ އެކި ހަރަކާތްތަކާއި، ރެއިޑް އޮޕަރޭޝަންތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަސައްކަތެކެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS