ރަހަފަތް

މީ ކާބޮނާރާއެއް ނޫން، މީ ކްރީމީ އެގް ސްޕެގެޓީ

މީ ކާބޮނާރާއެއް ނޫން، މީ ކްރީމީ އެގް ސްޕެގެޓީ

ކްރީމީ އެގް ސްޕެގެޓީ

06 މާރިޗު 2025، 01:58

ކްރީމީ އެގް ސްޕެގެޓީ

ކާބޮނާރާ މީރުތޯއެވެ؟ މިއޮތީ ކާބޮނާރާ ކުޑަކޮށް ތަފާތޮކޮށްލަން ފަސޭހައިން ތައްޔާރުކޮށްލައިގެން ކައްކާލެވިދާނެ މީރު ޑިޝްއެކެވެ. 

ބޭނުންވާ ތަކެތި:

  • 2 މޭޒުމަތީ ސަމްސާ ބަޓަރ
  • 3 ބިސް
  • ½ ޕެކެޓު ސްޕެގެޓީ
  • 1 ޖޯޑު ކުކިންގ ކްރީމް 
  • ½ ޖޯޑު ކޮރިއެންޑާރ
  • ½ ސައި ސަމުސާ ފައިން ހަރބްސް
  • ½ ސައި ސަމުސާ ތައިމް
  • ½ ސައި ސަމުސާ އޮރިގާނޯ
  • 4 ލޮނުމެދު
  • ލޮނު (ރަހަ ހެޔޮވަރުވާ ވަރަށް)
  • އަސޭމިރުސް (ރަހަ ހެޔޮވަރުވާ ވަރަށް)

ތައްޔާރުކުރާނެ ގޮތް: 

ފުރަތަމަ ބަޓަރުކޮޅު ތަވާ މަތީގައި ގިރުވާލާފައި، ބިސްކޮޅު ތަވަލަށް ތަޅާލާށެވެ. މި ބިސްތައް ރޯފިލަމުން ދާވަރަކަށް ދޭފަތުން ހާވާލާ، ބިސްކޮޅު ސްކްރޭމްބްލް ކޮށްލަންވާނެއެވެ. ބިސްތައް ރަނގަޅަށް ތައްޔާރުވުމުން، ކުކިންގ ކްރީމްކޮޅު އަޅާލާ، ބިހާ އެއްކޮށްލާށެވެ. ކްރީމްގަނޑު ހޫނުވާންފެށުމުން، ޗީޒްފޮތިތަށް ތަވަރަށް އަޅާލުމަށްފަހު، ޗީޒް ފޮތިތަށް ގިރެންދެން ދޭފަތުން އެއްކޮށްލާށެވެ. އުނދުން ނިއްވާލުމުގެ ކުރިން، ތައިމް އާއި ފައިން ހަރބަސްކޮޅު އަޅައިލުމަށްފަހު، ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއްލައި ރަހަ ހެޔޮވަރުކޮށްލާށެވެ. 

އުނދުން ނިއްވާލުމަށްފަހު ކޮރިއެންޑަރކޮޅެއް އަޅައިލުމަކީ ކްރީމްގަނޑަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމެކެވެ. ދެން، ފެނުކައްކާފައި ހުރި ސްޕެގެޓީކޮޅު ކްރީމްގަނޑަށް އަޅައިލާ އެއްކޮށްލަންވީއެވެ. މި ތައްޔާރުކޮށްލެވުނީ ރޯދަމަހު ސުފުރާމަތި ފުރިހަމަކޮށްލަދޭނެ ރަހަމީރު ޑިޝްއެކެވެ. 



މި ލިޔުން ކިޔާލުމުން