ރަހަފަތް

އަނބު މޫސުމުގަ ތައްޔާރުކޮށްލަންވީ މެންގޯ ޓިރަމިސޫ

އަނބު މޫސުމުގަ ތައްޔާރުކޮށްލަންވީ މެންގޯ ޓިރަމިސޫ

މެންގޯ ޓިރަމިސޫ

28 މާރިޗު 2025، 02:43

މެންގޯ ޓިރަމިސޫ

އަނބު މޫސުމުގައި ދިވެހިންނަކީ އަނބު/މެންގޯ އެކި ގޮތްގޮތަށް ބޭނުންކުރާ ބައެކެވެ. މެންގޯ އަކީ ހަށިގަނޑަށް ފައިދާހުރި އެކި މާއްދާތައް އެކުލެވޭ މޭވާއަކަށް ވީއިރު، މި މޭވާ ބޭނުންކޮށްގެން ފޮނިއެއްޗެއް ތައްޔާރުކޮށްލުމަކީ މީރު ރަހައިގެ އިތުރުން ހަށިގަނޑަށްވެސް ކޮންމެސް ވަރެއްގެ ފައިދާއެއް ގެނުވައިދޭނެ އެއްޗެކެވެ.

ބޭނުންވާ ތަކެތި:

  • 180ގ ވިޕިންގ ކްރީމް
  • 175ގ ކްރީމް ޗީސް
  • 90ގ މެންގޯ ޕިއުރޭ
  • 2 މެންގޯ (ކޮށާފަ)
  • 1 މޭޒުމަތީ ސަމުސާ ހަކުރު
  • ލޭޑީ ފިންގަރސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކްރީމް ޗީސް، މެންގޯ ޕިއުރޭ، އަދި ހަކުރު ކޮޅު އަޅައިލުމަށްފަހު 2-3 މިނެޓުވަންދެން ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން މީގެ ތެރެއަށް ވިޕިންގ ކްރީމް ކޮޅު އަޅާފައި ރަނގަޅަށް ވިޕް ކޮށްލާށެވެ. އެއަށްފަހު ރީތި ތަށްޓެއްގައި ލޭޑީ ފިންގަރސް ތަކާއި ވިޕްކްރީމް ބޭނުންކޮށްގެން ލޭޔަރ ކުރަން ފަށަންވީއެވެ. ލޭޔަކުރުމަށް ރީތި ކުދި ތަށި ނުވަތަ ބޮޑު ތައްޓެއްވެސް ބޭނުން ކުރެވިދާނެއެވެ.

ލޭޔަރ ކުރުމަށް ލޭޑީ ފިންގަރސް މެދުން ބުރިކޮށްލުމަށްފަހު މެންގޯ ޖޫސްގައި ޑިޕް ކޮށްލާށެވެ. ދެން ތަށީގައި ބޭސް ލޭޔަރއެއް ގޮތަށް ލޭޑީ ފިންގަރސް އަތުރާލާށެވެ. އެއަށްފަހު ވިޕްކޮށްފައި ހުރި މެންގޯ ކްރީމް މަތީ ލޭޔަރގައި އަޅާލާށެވެ. ދެން އޭގެ މައްޗަށް ކޮށާފައި ހުރި އަނބުކޮޅު އަޅާލާށެވެ. މިގޮތަށް ތަށީގެ ބޮޑުކުޑަމިނަށް ބަލާފައި ދޭއް ނުވަތަ ތިން ލޭޔަރވެސް ހެދިދާނެއެވެ.

އެންމެ މަތީ ލޭޔަރ އަށް މެންގޯ ކްރީމް އެޅުމަށްފަހު އޭގެ މައްޗަށް ކޮށާފައި ހުރި އަނބުކޮޅު އަޅާލުމުން މެންގޯ ޓިރަމިސޫ ތައްޔާރުކޮށް ނިމުނީއެވެ.

މި ލިޔުން ކިޔާލުމުން