ރަހަފަތް
އޯރިއޯ ކެރަމަލް ފަޖް: ފަސޭހަ، އަވަސް އަދި އެހާމެ މީރު ޑެޒަރޓެއް

އޯރިއޯ ކެރެމަލް ފަޖް
އޯރިއޯ އަކީ، އަދި ކެރަމަލްގެ މީރު ފްލޭވާރއަކީ ވެސް، އާންމުންގެތެރޭގައި މަޤުބޫލު، އެ ރަހަތަކަށް ޒުވާނުން ދެވިހިފާފައިވާ މީރު ރަހަތަކެކެވެ. މިގޮތުން، މި ރެސިޕީ އަކީ، މީރު އޯރިއޯ ކެރަމަލްއެއް ތައްޔާރުކުރާނެ ގޮތުގެ ފަސޭހަ ރެސިޕީއެކެވެ
ބޭނުންވާ ތަކެތި:
1 ދަޅު ގެރިކިރު
1 ބޮޑު ބޮނޑި އޯރިއޯ
100ގްރާމް ބްރައުން ޝުގާރ
180ގްރާމް ބަޓަރު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ 80ގްރާމުގެ ބަޓަރު ރަނގަޅަށް ވިރުވާލާށެވެ. ދެން، އޯރިއޯ ބޮނޑި މިކްސަރުން ރަނގަޅާށް ހިމޫންކޮށްލުމަށްފަހު، ދިޔާކޮށްލާފައިހުރި ބަޓަރުފޮދާ އެއްކޮށްލާށެވެ. އޯރިއޯއާއި ބަޓަރު އެއްކޮށްލުމަށްފަހު، ޓްރޭއެއްގެ ފުލުގައި މި ޕޭސްޓުގެ ތުނި ފަށަލައެއް ފަތުރާލާށެވެ. ފަތުރާލުމަށްފަހު، މި ފަށަލަ ފިނިކޮށްލުމަށް އައިސްއަލަމާރިއަށް ލާންވާނެއެވެ.
އެއަށްފަހު، ބާކީހުރި 100ގްރާމުގެ ބަޓަރު ކުޑަ ތެއްޔެއްގައި ވިރުވާލާށެވެ. ބަޓަރުކޮޅު ވިރުމުން އުނދުން ނިވާނުލާ، ބަޓަރުކޮޅު ތެރެއަށް ބްރައުން ޝުގާރކޮޅު އަޅައިލާށެވެ. ބަރައުންޝުގާ ކޮޅު ރަނގަޅަން ވިރުމުން، ގެރިކިރުދަޅު އަޅައިލާ އެއްކޮށްލުމަށް ފަހު އުނދުން ނިވާލާށެވެ.
ކުޑަވަގުތުކޮޅެއް ބަޓަރުގަނޑު ހިހޫވެލަން ތެލީގައި ބަހައްޓާލުމަށްފަހު، ބިސްކޯދު ލޭޔާރ އެތުރި ޓްރޭ މައްޗަށް މި ބަޓަރުގަނޑު އަޅައިލާށެވެ، ގާނިޝްކޮށްލުމަށް އޯރިއޯ ބިސްކޯދުކޮޅެއް އަޅާލުމަކީ ޑިޝް އިތުރަށް ފުރިހަމަކޮށްލުމަށް ބޭނުންކުރެވިދާނެ އުކުޅެކެވެ. އެއަށްފަހު، ޓްރޭ އަލުން އައިސްއަލަމާރިއަށްލާ، ފިނިކޮށް ސާރވްކުރާށެވެ.