ދުނިޔެ

އަހަރެމެން އަތުގައި ގެއްލޭކަށް އިތުރު އެއްޗެއް ނެތް - ޓްރަމްޕަށް ޣައްޒާގެ ރައްޔިތުންގެ ރައްދު

އަހަރެމެން އަތުގައި ގެއްލޭކަށް އިތުރު އެއްޗެއް ނެތް - ޓްރަމްޕަށް ޣައްޒާގެ ރައްޔިތުންގެ ރައްދު

ޣައްޒާގެ ރައްޔިތެއް ކަމަށްވާ ޔައްސިރް. ފޮޓޯ: އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 މާރިޗު 2025، 02:13

08 މާރިޗު 2025، 02:13

ޣައްޒާގެ ރައްޔިތުންގެ އަތުގައި ގެއްލޭކަށް އިތުރު އެއްޗެއް ނެތްކަމަށް ބުނެ ޣައްޒާގެ ރައްޔިތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައްދުދީފިއެވެ. 

ޣައްޒާގެ ރައްޔިތުން މިފަދައިން ރައީސް ޓްރަމްޕަށް ރައްދުދީފައި މިވަނީ ހަމާސް ޖަމާޢަތުން ރަހީނުކޮށްފައިތިބި އިޒްރާއިލްގެ ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްނުލައިފިނަމަ ޣައްޒާގެ ހުރިހާ ރައްޔިތުން މަރާއި ކުރިމަތިލާން ޖެހިދާނެކަމަށްބުނެ ދިން އިންޒާރާއި ގުޅިގެނެވެ. 

ޓްރަމްޕްގެ މި އިންޒާރަށް ރައްދު ދެމުން ފަލަސްޠީނުގެ 59 އަހަރުގެ ޔައްސިރް އަލް ޝަރަފް ބުނެފައިވަނީ، ޣައްޒާގެ އެހެން ރައްޔިތުންނެކޭ އެއްގޮތަށް މިޙާލަތުގައި އެނާގެ އަތުން ގެއްލޭނެ އެއްޗެއް ނެތް ކަމަށާއި އެހެންކަމުން މިފަދަ އިންޒާރުތަކަށް ސަމާލުކަން ދޭން ބޭނުންނުވާ ކަމަށެވެ.

ޔައްސިރް ބުނެފައިވަނީ ޣައްޒާ ބިމާއި ހަމަކޮށްލި އިޒްރާއިލްގެ ހަމަލާތަކުގެ ކުރިން އޭނާއަކީ މީހުން ދަންނަ އަންނައުނުގެ ވިޔަފާރިވެރިއެއް ކަމަށެވެ. އޭނާގެ ބޮޑު ފިހާރައަކާއި، ކާރަކާއި، 6 ފަންގިފިލާގެ ގެއަކާއި އެތައް ގުދަން ތަކެއްގެ ވެރިއެއް ކަމަށެވެ. ނަމަވެސް އެތައް އަހަރުގެ ބުރަ މަސައްކަތުން އެއްކުރި ހުރިހާ މުދާ ގެއްލި ހުސްވެފައިވާކަމަށެވެ.

ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ހަލާކުވެ ފުނޑުފުނޑުވެފައިވާ އިމާރާތްތައް، ހިތާމައާއި ހިތްދަތިކަން، އަހަރެމެން އަތުގަައި ގެއްލިދާނެތީ ހިތާމަ ކުރާނެ އިތުރު އެއްޗެއްނެތް.

ޔައްސިރް ބުނެފައިވެއެވެ.

ޔައްސިރް ބުނެފައިވަނީ އިންޒާރުދިނީ ޓްރަމްޕް ކަމަށްވިޔަސް އެހެން މީހަކު ކަމަށްވިޔަސް ފަރުވާލެއް ނެތް ކަމަށެވެ.

ޔައްސިރާއި އޭނާގެ ޢާއިލާ ޣައްޒާގެ އުތުރުން ދެކުނަށް އައިސްފައިވަނީ ހަމަލާތައް ހުއްޓުމަށް އެއްބަސްވުމާއިއެކުއެވެ. ޣައްޒާގެ ދެކުނުގައި ވަނީ ހަލާކުވެފައިވާ އިމާރާތްތަކެވެ. އެތަންތަނުގައި އަލުން ދިރިއުޅެން ފެށުމަކީ ފެންނަ ފެނުމަށް ނާދިރުކަމެކެވެ.

ހަމާސް ޖަމާޢަތުން ރަހީނުކޮށްފައިތިބި އިޒްރާއިލްގެ ރަހީނުން މަދުމަދުން ދަނީ މިނިވަން ކުރަމުންނެވެ. ޓްރަމްޕް ގޮވާލައިފައިވަނީ ހުރިހާ ރަހީނުން އެއްކޮށް ދޫކޮށްލުމަށެވެ. 

މި ލިޔުން ކިޔާލުމުން