ރަހަފަތް

ހެލްތީ އޮޕްޝަނެއްތަ؟ މީ ކުސްކުސް ތައްޔާރުކޮށްލެވިދާނެ މީރު ގޮތެއް

ހެލްތީ އޮޕްޝަނެއްތަ؟ މީ ކުސްކުސް ތައްޔާރުކޮށްލެވިދާނެ މީރު ގޮތެއް

ސްޕައިސީ ޓޫނާ ކުސްކުސް

11 މާރިޗު 2025، 02:09

ސްޕައިސީ ޓޫނާ ކުސްކުސް

ހައްޓަށް ފަސޭހަ، ހަކަތަ ލިއްބައިދޭ، ޕްރޮޓީން ރިޗް ޑިޝްއެއް ތައްޔާރުކޮށްލަން ބޭނުންތޯއެވެ؟ ބޭނުންނަމަ، ސްޕައިސީ ޓޫނާ ކުސްކުސް ކަމުނުގޮސް ނުދާނެކަން ގައިމެވެ.

ބޭނުންވާ ތަކެތި: 

1/2 ޖޯޑު ކުސްކުސް

1/2 ޖޯޑު ކޮރިއެންޑަރ

1/2 ޖޯޑު ކެރެޓު

1/2 ޖޯޑު ޗެރީ ޓޮމާޓޯ

2 ލޮނުމެދު (ކުދިކޮށް ކޮށާފަ)

1 ފިޔާ (ކުދިކޮށް ކޮށާފަ)

ގިތެޔޮ މިރުސް

1 ސައިސަމްސާ ލެމަންގްރާސް (ކުދިކޮށް ކޮށާފަ)

ކަނޑުމަސް ދަޅެއް

ފިޝް ސޯސް

މަސްޓަރޑް އޮއިލް

ލޮނު (ރަހަލާ ވަރަށް)

އަސޭމިރުސް (ރަހަލާ ވަރަށް)

ތައްޔާރުކުރާނެ ގޮތް:

މްސްޓާރޑް އޮއިލްފޮދު ތަވާމައްޗަށް އުދާލާ، މި ތެރޮފޮދުގައި ފިޔާކޮޅު، ލޮނުމެދުކޮޅު އަދި ކެރެޓުކޮޅު އަޅައި މީރުކޮށްލާށެވެ. ފިޔާތައް މީރުވަމުން ދާއިރު، ކުސްކުސްކޮޅު ބޯތައްތަކަށް އަޅައިލާ، ކުސްކުސްކޮޅު ނިވާވާވަރަށް ހޫނުފެންފޮދެއް އަޅައިލާށެވެ. ދެން މި ބޯތަށީގެ މަތި ޖަހާލުމަށް ފަހު ކުސްކުސް ފުއްތައް މަޑުކޮށްލާށެވެ. 

ފިޔާކޮޅު މީރުވެލުމުން ލެމަންގްރާސްކޮޅާއި، މިރުސްކޮޅު ތަވައަށް އެއްކޮށްލާށެވެ. ދެން މަސްދަޅުކޮޅު އަޅައިލާ އެއްކޮށްލުމަށް ފަހު، އުންދުން ނިވާލަން ކައިރިވުމުން ޗެރީ ޓޮމާޓޯކޮޅާއި ކޮރިއެންޑާކޮޅު އެއްކޮށްލާށެވެ.

ތައްޔާރުކުރެވިފައިވާ މަސްގަނޑަށް، މަޑުކޮށްލެވިފައިވާ ކުސްކުސްކޮޅު އަޅައިލާ ރަނގަޅަށް އެއްކޮށްލާށެވެ. ރޯދަމަހު ހައްޓަށް ލުއި، ސިއްޙަތަށް ފައިދާހުރި ކެއުމެއް ކާން ބޭނުންވާ ފަރާތްތަކަށް، ރޮއްޓާއި ބަތުގެ ބަދަލުގައި ބޭނުންކޮށްލަން މިއީ އެއްވަނައިގެ މެއިން ޑިޝްއެކެވެ. 



މި ލިޔުން ކިޔާލުމުން