ރަހަފަތް
ކްރީމީ ޗިކެން ސްޕިނެޗް: ތައްޔާރުކޮށްލަން އެހާ ފަސޭހަ އަދި މީރު ޑިޝްއެއް

ކްރީމީ ޗިކެން ސްޕިނެޗް
ކްރީމީ ޗިކެން ސްޕިނެޗް
ބޭނުންވާ ތަކެތި:
2 ޖޯޑު ސްޕިނެޗު (ކޮށާފައި)
1 ޖޯޑު ބޯންލެސް ޗިކެން (ކުދިކޮށް ކޮށާފައި)
1 ފިޔާ
3 ލޮނުމެދު
3 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
1 ޖޯޑު ކުކިންގ ކްރީމް
ލޮނު (ރަހަލާ ވަރަށް)
އަސޭމިރުސް (ރަހަލާ ވަރަށް)
ތައްޔާރުކުރާނެ ގޮތް:
ޒައިތޫނި ތެޔޮފޮދުގައި ފިޔާކޮޅާއި ލޮނުމެދުކޮޅު ވަޅޯކޮށްލާ، ކޮށާފައި ހުރި ކުކުޅުކޮޅު ފިޔާކޮޅުގެ ތެރެއަށް އެއްކޮށްލާ، ލޮނާއި އެސޭމިރުސް އަޅައިލާށެވެ. ދެން ކުކުޅުކޮޅު ރޯފިލުމުން، ސްޕިނެޗުކޮޅު އެއްކޮށްލާ، ފިޔާކޮޅު ރަނގަޅަށް މީރުކޮށްލާށެވެ. ފިޔާ މީރުވުމުން ކުކިންކްރީމްކޮޅު އަޅައިލާ، މިނެޓެއްހާއިރު ތެރޭގައި އުނދުން ނިވާލާށެވެ.
ބޭނުންފުޅުވާ ފަރާތްތަކަށް ޗިލީސޯސް ފަދަ ތަފާތު ސޯސްތައް ވެސް މި ކްރީމްގަނޑުގެ ތެރެއަށް އަޅާއިލެވިދާނެއެވެ. މިއީ، ބަތާއެއްކޮށް ކާ ސައިޑް ޑިޝްއެއްގެ ގޮތުގައި ވެސް، އަދި ޕަސްތާ ފެނުކައްކާލުމަށްފަހު މިއާ އެއްކޮއްލައިގެން ކާން ވެސް ވަރަށް ފުރިހަމަ ޑިޝްއެކެވެ.