ރަހަފަތް

ބަޓާރނަޓު ނޫނީ ބަރަބޯ ބޭނުންކޮށްގެން ޕާސްތާއެއް ތައްޔާރުކޮށްލިންތަ؟

ބަޓާރނަޓު ނޫނީ ބަރަބޯ ބޭނުންކޮށްގެން ޕާސްތާއެއް ތައްޔާރުކޮށްލިންތަ؟

ޕާސްޓާ ވިތް ބަޓާރނަޓް

13 މާރިޗު 2025، 01:44

ޕާސްޓާ ވިތު ބަޓާރނަޓް 

ދިވެހިންނަކީ ދިވެހި ކެއުންތަކުގައި ބަރަބޮލާއި ބަޓާނާ، ތަފާތު މީރު ގޮތްގޮތަށް ހިމެނުމުގައި އަރާތިބި ބައެކެވެ. ފޮނި އެއްޗިއްސާއި ރިހަގަނޑުގަނޑު، ތަފާތުކުރުމެއްނެތި ބަޓާނާ ބޭނުންކޮށްގެން ހަދަމުންދާއިރު، މި ރޯދަމަހު ބަޓާނާ ޕާސްތާ ޓްރައިކޮށްލައި، މީގައި ހުރިވަރެއް ނިކަން ބަލައިލަބަލާށެވެ. 

ބޭނުންވާ ތަކެތި:

2 ޖޯޑު ޕާސްތާ

1 ޖޯޑު ކުކިންގ ކްރީމް

2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ

1 ފިޔާ (ކުދިކޮށް ކޮށާފަ)

3 ލޮނުމެދު (ކުދިކޮށް ކޮށާފަ)

މިރުސް (ކަމުދާ ވަރަކަށް)

½ ޖޯޑު ބަޓާނާ (ކިއުބުކޮށް ކޮށާފަ)

3 ބްލެކް އޮލިވްސް (ކުދިކޮށް ކޮށާފަ)

ލޮނު (ރަހަލާ ވަރަށް)

އަސޭމިރުސް (ރަހަލާ ވަރަށް)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ޒައިތޫނި ތެޔޮފޮދު ތަވާމަތީ އުދާލާ، ލޮނުމެދުކޮޅު، މިރުސްކޮޅު އަދި ފިޔާކޮޅު އަޅައިލައި ވަޅޯކޮށްލާށެވެ. ދެން ބަޓާނާކޮޅު ފިޔާކޮޅުގެ ތެރެއަށް އަޅައިލާ، މަޑުވަންދެން ހަނާކޮށްލާށެވެ. ބަޓާނާކޮޅު މަޑުވުމުން، ކުކިންގ ކްރީމްކޮޅު އަޅައިލާ އެއްކޮށްލުމަށްފަހު ލޮނާއި އަސޭމމިރުސްއަޅައި ރަހަ ހެޔޮވަރުކޮށްލާށެވެ. 

ރަހަ ހެޔޮވަރުކޮށްލުމަށްފަހުފެނުކެއްކި ޕާސްތާކޮޅު އަޅައިލާ އެއްކޮއްލުމުން މި ޑިޝް ތައްޔާރުވީއެވެ. ރޯދމަހުގެ ސުފުރާމައްޗަށް އަރުވާލަން ހަގައިމުވެސް މި ޑިޝް ވެގެން ދާނީ، ތަފާތު ރަހަމީރު ޑިޝްއަކަށެވެ. 

މި ލިޔުން ކިޔާލުމުން