ރަހަފަތް

މިހާރު އެންމެންގެވެސް ފޭވަރިޓް: ބިސްކޮފް ޕުޑިންގ

މިހާރު އެންމެންގެވެސް ފޭވަރިޓް: ބިސްކޮފް ޕުޑިންގ

ބިސްކޮފް ޕުޑިންގ

14 މާރިޗު 2025، 02:46

ބިސްކޮފް ޕުޑިންގ

ބިސްކޮފް ބޭނުންކޮށްގެން ތައްޔާރުކުރާ ފޮނި ކާތަކެއްޗަކީ، މިހާރު އާންމުންގެތެރޭގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ، ގިނަ ބައެއްގެ "ފޭވަރިޓް" އަކަށްވެފައިވާ މީރު ރަހައެކެވެ. މިގޮތުން، މި ރެސިޕީ އަކީ، މީރު ބިސްކޮފް ޕުޑިންގ ތައްޔާރުކުރާނެ ގޮތުގެ ފަސޭހަ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

  • 1/2 ޖޯޑު ކިރު
  • 1 ދަޅު ނެސްޓްލް ކްރީމް
  • 1/2 ޖޯޑު ގެރިކިރު
  • 1/4 ޖޯޑު ބިސްކޮފް ސްޕްރެޑް (މެލްޓްކޮށްފަ)
  • ބިސްކޮފް ބިސްކޯދު
  • 1 ޖޯޑު ވިޕިޑް ކްރީމް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ވިޕިންގ ކްރީމް ކޮޅު ރަނގަޅަށް ވިޕްޑް ކޮށްލާށެވެ. ދެން ތަށްޓެއްގެ ތެރެއަށް ދިޔާ ކިރު ފޮދު އަޅާލާށެވެ. މި ކިރު ފޮދު ބޭނުންކުރާނީ، ބިސްކޮފް ބިސްކޯދުތައް ފޯކޮށްލަންނެވެ. އެއަށްފަހު، ވިޕްޑް ކްރީމްކޮޅުގެ ތެރެއަށް ނެސްޓްލް ކްރީމް ކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން އޭގެތެރެއަށް ގެރިކިރުކޮޅު އަޅާލާށެވެ. ގެރިކިރުކޮޅު ރަނގަޅަށް އެއްވުމުން އެ މިކްސްޗަރގެ ތެރެއަށް މެލްޓުކޮށްފައި ހުރި ބިސްކޮފް ސްޕްރެޑްކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. 

ބިސްކޮފް ޕުޑިންގެ ކްރީމް ތައްޔާރުވުމުން، ބިސްކޮފް ބިސްކޯދުތައް ކިރުފޮދަށްލާފައި ފޯކޮށްލާށެވެ. ދެން ފޯކޮށްފައި ހުރި ބިސްކޯދުތައް ތައްޓެއްގައި އަތުރާލާ ބޭސް ލޭޔަރ އެއް ހަދާލާށެވެ. އެއަށްފަހު، ތައްޔާރުކުރިި ޕުޑިންގ މިކްސް މައްޗަށް އަޅާލުމަށްފަހު ތައްޓަށް ފަތުރާލާށެވެ. ދެން އޭގެ މަތީގައި ފޯކޮށްފައި ހުރި ބިސްކޯދު ކޮޅު އަތުރާލާފައި  ދެވަނަ ލޭޔަރ ވެސް ކުރިން ހެދި ގޮތަށް ތައްޔާރުކޮށްލާށެވެ. އެއަށްފަހު ނިންމާލަމުން ބިސްކޮފް ސްޕްރެޑްކޮޅެއް ޕައިޕްކޮށްލާށެވެ. ދެން ފުނޑުކޮށްފައި ހުރި ބިސޮކްފް ބިސްކޯދު ކޮޅެއް ތަށީގެ ވަށައިގެން އަތުރާލާށެވެ. 

ތަށީގައި ތަކެތި އަތުރާ ނިމުމުން، ތަށި އައިސްއަލަމާރިއަށްލާ މި ޑެޒަރޓް ފިނިކޮށްލައިގެން ކައިލުމުން ވަރަށް މީރުވާނެއެވެ.


މި ލިޔުން ކިޔާލުމުން