ޚަބަރު
ލ. ފޮނަދޫގައި މިއަދު އިމާމުވެ ހުކުރު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
 
                    މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ލ. ފޮނަދޫގައި މިއަދު އިމާމުވެ ހުކުރު ކުރެއްވުން/ފޮޓޯ: ވަގުތު
ލ. ފޮނަދޫގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އެވެ.
އެމަނިކުފާނު ހުކުރު ނަމާދު ކުރައްވާފައިވަނީ ލ. ފޮނަދޫގެ މެދު އަވަށުގައި ހުންނަ މަސްޖިދުލް އުލާ މިސްކިތުގައެވެ. ރާއްޖޭގެ ހުކުރު ޚުޠުބާ މިއަދު ޚާއްޞަކޮށްފައިވަނީ، "ނަޞްރުގެ މައްސަރު" މި މައުޟޫގެ މައްޗަށެވެ.
ލ. ފޮނަދޫއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގެ އުފަން ރަށެވެ. އަދި އެމަނިކުފާނަކީ، ރާއްޖޭގައި އިމާމުވެ ހުކުރު ކުރުމުގެ ޙުއްދަ އޮންނަ ބޭފުޅެއްވެސް މެއެވެ. އެހެންކަމުން އެމަނިކުފާނު ވަނީ، މީގެ ކުރިންވެސް އެކިފަހަރުމަތިން ފޮނަދޫގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާފައެވެ. ނަމަވެސް، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ވަޑައިގެންނެވި ފަހުން މިއީ އިމާމުވެ ހުކުރު ކުރެއްވި ފުރަތަމަ ފަހަރެވެ.
 
                 
                             
                                         
                 
                 
                                             
                                            