Ads by Exprox

ޚަބަރު

ދެމަފިރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެންމީހާ އަމިއްލައަށް ކަރުގައި ވަޅިއަޅައިފި

ދެމަފިރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެންމީހާ އަމިއްލައަށް ކަރުގައި ވަޅިއަޅައިފި

ބ. ދަރަވަންދޫ، ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއަރ

farudhun logo

ފަރުދުން

14 މާރިޗު 2025، 04:15

14 މާރިޗު 2025، 04:15

ރޭ ދަންވަރު ބ. ދަރަވަންދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާއަށް އަނިޔާވެއްޖެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ މެންދަމުން އަލިވެ 1:52 ހާއިރެވެ. 

މީޑިއާތަކުގައި ފިރިހެން މީހާގެ ކަރުގައި އަމިއްލައަށް ވަޅި އެޅިކަމަށް ވާހަކަ ދެކެވުނު ނަމަވެސް، ފުލުހުން އެކަން ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ ހަމަނުޖެހުމާ ގުޅިގެން ފިރިހެނަކަށް ބ. އޭދަފުށި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS