ދުނިޔެ

މިސްރުގައި ރޭލަކާއި މިނީބަހެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 8 މީހުން މަރުވެއްޖެ

މިސްރުގައި ރޭލަކާއި މިނީބަހެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 8 މީހުން މަރުވެއްޖެ

އެކްސިޑެންޓެއް ހިނގާފައިވާ ސަރަޙައްދެއް/ފޮޓޯ: ބްރޫކިންގްސް ރެޖިސްޓަރ

14 މާރިޗު 2025، 10:48

މިސްރުގައި ރޭލަކާއި މިނީބަހެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަށް މީހުން މަރުވެއްޖެއެވެ.

އެ ޤައުމުގެ މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި، މި އެކްސިޑެންޓުގައި 8 މީހުން މަރުވެފައިވާއިރު 12 މީހުންނަށް ވަނީ އެކި ވަރުގެ ޒަޚަމްތައް ލިބިފައެވެ. 

މި އެކްސިޑެންޓް ހިނގާފައިވަނީ، މިސްރުގެ އިސްމާއީލިއާ ގަވަރުނަރޭޓްގެ ކަންތާރާ އީސްޓް، ބީރް އެލް އަބުދު ރޭލްވޭ ލައިންގައެވެ. އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ ގަލްބާނާ – ކަންތާރާ އިރުމަތީ މަގުގައި އޮންނަ، ހުއްދަ ދެވިފައި ނުވާ ރެއިލްވޭއެއް ހުރަސްކޮށް އެ ބަސް ދަތުރު ކުރަން އުޅުމުގެ ތެރޭގައެވެ.

 މިސްރުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މިއަދު ނެރުއްވި  ނޫސް ބަޔާނެއްގައި ވިދާޅުވީ، މި ޙާދިސާއާއި ގުޅިގެން 13 އެމްބިއުލާންސެއް އެ ސަރަޙައްދަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އެކިވަރުގެ ޒަޚަމްތައް ވީ މީހުންނަށް ކަންތާރާ އީސްޓް ސެންޓްރަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އެ ބަޔާނުގައި ވެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން އަންނަނީ މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންނެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS