Ads by Exprox

ޚަބަރު

ޕެންޝަން އޮފީހުގެ ބޯޑަށް ދެބޭފުޅަކު އައްޔަނުކުރައްވައިފި

ޕެންޝަން އޮފީހުގެ ބޯޑަށް ދެބޭފުޅަކު އައްޔަނުކުރައްވައިފި

ޕެންޝަން އޮފީހަށް އައްޔަނުކުރެއްވި ދެބޭފުޅުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 މާރިޗު 2025، 11:51

15 މާރިޗު 2025، 11:51

ޕެންޝަން އޮފީހުގެ ބޯޑަށް ދެބޭފުޅު އައްޔަނުކުރައްވައިފިއެވެ. 

އެއޮފީހުގެ ބޯޑަށް އައްޔަނުކުރައްވައިފައިވަނީ ޢަބްދުލް މަޖީދު ޢަލީ އަދި އަހުމަދު ސަރުވަޝް އާދަމްއެވެ.

އެއޮފީހުން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ އެ ދެ ބޭފުޅުން ވެސް ބޯޑަށް އައްޔަނުކުރީ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރުމުގެ ގޮތުން ކަމަށް ބުނެފައެވެ.

އެ ބޯޑަށް އައްޔަންކުރި ޢަބްދުލް މަޖީދު ވަނީ ކުރިންވެސް އެ އޮފީހުގެ ބޯޑު މެމްބަރުކަން އަދާކުރައްވައިފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

މީގެ އިތުރުން މާލީ ވުޒާރާގައި ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަޤާމުވެސް ސަރުވަޝް ވަނީ އަދާކުރައްވާފައެވެ. އަދި އިސްތިއުފާ ދެއްވީ މީގެ އެއް އަހަރު ކުރިންނެވެ.

މާލީ ވުޒާރާގެ ބަޖެޓު އެގްޒެކެޓިވްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސަރުވާޝް ވަނީ މީރާގެ ޗެއާމަންގެ މަގާމާއި އެމްއެމްއޭގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. 

 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS