ޚަބަރު
މަކަރާ ހީލަތުގެ މައްސަލައެއްގައި ފުލުހުން މީހަކު ހޯދަނީ

ފުލުހުން ހޯދަން އިޢުލާނުކޮށްފައިވާ ފާރިހު
މަކަރާ ހީލަތުގެ މައްސަލައެއްގައި ފުލުހުން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ހދ.ކުޅުދުއްފުށީ ޗާންދަނީގޭ މުޙައްމަދު ފާރިހް ހޯދުމަށް އިއުލާނުކޮށްފައިވަނީ ފުލުހުންގެ އެންޓީ ސްކޭމް ސެންޓަރުން ތަހުޤީޤު ކުރަމުންދާ މައްސަލައެއްގައެެވެ.
ފާރިހް ހޯދަން އިއުލާނުކޮށްފައިމިވަނީ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.
ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.