ރަހަފަތް
އެރޯމެޓިކް ތައި ރައިސް؛ އަޖުމަ ބަލާލަބަލަ

އެރޮމެޓިކް ތައި ރައިސް
އެރޮމެޓިކް ތައި ރައިސް
ތައި ފުޑްއަށް ވަރުހުންނަކުދިންނަށް ސުފުރާމަތި ފުރިހަމަކޮށްލަން މިއޮތީ އެއްވަނައިގެ ޑިޝްއެކެވެ.
ބޭނުންވާ ތަކެތި:
ބަތްގަނޑު ތައްޔާރުކޮށްލުމަށް:
2 ޖޯޑު ބާސްމަތީ ހަނޑޫ
3 ލައިމް ލީފް
1 ތޮޅި މިރުސް
1 އިންޗި ލެމަންގްރާސް
½ ޖޯޑު ކެޝޫނަޓް
2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
ޗިލީ ޗިކަން ތައްޔާރުކޮށްލުމަށް:
1 ސައިސަމުސާ ދިރި
1 ސައިސަމުސާ އިނގުރު
3 ލޮނުމެދު (ގާނާފަ)
2 ޖޯޑު ބޯންލެސް ޗިކެން (ކުދިކޮށް ކޮށާފަ)
1 ކެޕްސިކަމް
1 ބޮޑު ފިޔާ
2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
1 މެޒުމަތީ ސަމުސާ ކޯންފްލާ
އޮއިސްޓާރ ސޯސް (ކަމުދާ ވަރަކަށް)
ޗިލީ ސޯސް (ކަމުދާ ވަރަކަށް)
ޓޮމާޓޮ ސޯސް (ކަމުދާ ވަރަކަށް)
ލޮނު (ރަހަލާ ވަރަށް)
އަސޭމިރުސް (ރަހަލާ ވަރަށް)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކުކުޅުކޮޅު ތައްޔާރުކޮށްލުމަށް، ދިރި، ކޯންފްލާ، އިނގުރު، ލޮނުމެދުކޮޅު އަދި ލޮނުކޮޅާއި އަސޭމިރުސްކޮޅު، ބޯންލެސްކުކުޅުކޮޅާ އެއްކޮށްލާ، މެރިނޭޓުކޮށްލާށެވެ. ދެން ކުކުޅުކޮޅު ރަތްވަންދެން ރަނގަޅަށް ތެލުލާލާށެވެ.
ބަތްގަނޑު ތައްޔާރުކޮށްލުމަށް، ބާސްމަތި ހަނޑުލުގައި ބަތް ކައްކާލާށެވެ. އެއަށްފަހު، ވަކި ތެއްޔަކަށް ޒައިތޫނި ތެޔޮފޮތެއް އަޅާއިލާ، ލައިމް ލީފްކޮޅު، ލެމަންގްރާސްކޮޅު، މިރުސް އަދު ކެޝޫނަޓްކޮޅު އެއްކޮށް އަޅައިލާ ރަތްކޮށްލާށެވެ. ދެން، ބާސްމަތީ ބަތްކޮޅު މި ތެއްޔަށް އަޅައިލާ، ކެޝޫނަޓުކޮޅާ ރަނގަޅަށް އެއްކޮށްލާށެވެ.
ބަތާއެކު ކާ ޗިލީ ޗިކަންކޮޅު ރެޑީކޮށްލުމަށް ފުރަތަމަ ތެޔޮފޮދެއް ތެއްޔަކަށް އަޅާއިލާ، ލުނުމެދު، ފިޔާ އަދި ކެޕްސިކަމް އަޅައިލާ ރަތްކޮށްލާށެވެ. ދެން، މީރުވަމުންދާ ފިޔާކޮޅަށް ދިރިކޮޅަކާއި، ޓޮމާޓޯ ޕޭސްޓުކޮޅަކާއި، ލޮނު ހެޔޮވަރުވާ ވަރަށް އޮއިސްޓާރ ސޯސްކޮޅެއް އަޅައިލާށެވެ. ދެން، އަސޭމިރުސް އަޅައިލުމަށްފަހު، ތެލުލެވުނު ކުކުޅުކޮޅާ އެއްކޮށްލާށެވެ.
ޗިލީ ޗިކެން އާއި ބަތް އެއްކޮށް ސާރވް ކުރާށެވެ. މި ޑިޝްއަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ، ރަހަމީރު ޑިޝްއަކަށް ވެގެންދާނެކަން ގައިމެވެ.