ރަހަފަތް

މިފަހަރުގެ ބިސްކަޓް ފަޖް ތައްޔާރުކޮށްލީ ކޮފީ އަޅާފަ؛ ޗޮކޮފީ ބިސްކަޓް ފަޖް

މިފަހަރުގެ ބިސްކަޓް ފަޖް ތައްޔާރުކޮށްލީ ކޮފީ އަޅާފަ؛ ޗޮކޮފީ ބިސްކަޓް ފަޖް

ޗޮކޮފީ ބިސްކަޓް ފަޖް

17 މާރިޗު 2025، 02:19

ޗޮކޮފީ ބިސްކަޓް ފަޖް

ބޭނުންވާ ތަކެތި:

  • 1 ބޮނޑި މާރީ ބިސްކޯދު
  • 1 ދަޅު ގެރިކިރު
  • 35 ގްރާމް ކޮކޯ ޕައުޑާރ
  • 1 ޖޯޑު އަންސޯލްޓެޑް ބަޓަރު
  • 1 ސައި ސަމުސާ ވެނީލާ އެސެންސު
  • 1 މޭޒުމަތީ ސަމުސާ ޗޮފީ


ތައްޔާރުކުރާނެ ގޮތް:

ހެޔޮވަރު ތެއްޔެއްގައި ބަޓަރުކޮޅު ވިރާލާށެވެ. ބަޓަރުކޮޅު ރަނގަޅަށް ވިރުވުމުން، ކޮފީ ކޮޅާއި، ކޮކޯޕައުޑަރުކޮޅު އަޅައިލާ އެއްކޮށްލާށެވެ. ކޮފީ އާއި ކޮކޯޕައުޑަރ ރަނގަޅަށް ވިރުވާނުލެވިއްޖެ ގަނޑުގަނޑަށް ހުންނާނެތީ، ރަނގަޅަށް މި ތަކެތި ވިރުވާލުމަށް ސަމާލުކަންދޭން ވާނެއެވެ. އެއަށްފަހު، ގެރިކިރު ދަޅާއި، އެސެންސު ސަމުސާ އަޅައިލާ އެއްކޮށްލާށެވެ. 

ދެން މާރީ ބިސްކޯދުތައް ފުނޑުކޮށްލުމަށްފަހު ތެއްޔަށް އަޅާއި ރަނގަޅަށް އެއްކޮށްލާށެވެ. މި ޑެޒަރޓް އިތުރަށް ފުރިހަމަކޮށްލުމަށް ޓަކައި ކްރީމްގަނޑުގެ ތެރެއަށް، އަދި ނިމިފައިވާ ޑިިޒާރޓް މައްޗަށް ގާނިޝްގެ ގޮތުގައި، ކަމުދާ ބަދަނެއް އެކޮށްލުމަކީ ޑިޒާރޓް އިތުރަށް ފުރިހަމަވެގެނެދާނެ ކަމެކެވެ. މިގޮތުން، އާމަންޑްސް، ކެޝޫނަޓްސް، ނުވަތަ ކަނަމަދު ވެސް ބޭނުންކުރެވިދާނެއެވެ.



މި ލިޔުން ކިޔާލުމުން