ޚަބަރު
ހުޅުމާލޭގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު ހައްޔަރުކޮށްފި!
ހުޅުމާލެއިން މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން
ހުޅުމާލޭގައި މަސްތުވާތަކެތި ގެންގުނު ދިވެއްސެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ މ.ޘަލާޘަ މޫސާ ފާޟިލް އެވެ.
މިކަމާ ގުޅިގެން 26 ސެޕްޓެންބަރު 2024 ވަނަ ދުވަހު 14:25 ހާއިރު ހުޅުމާލެ ފްލެޓް 4 ކައިރިން ހިނގައިފައި ދިޔަ މީހަކު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 3 ސެލޯފިން ކޮޅު އެއްލާލި ތަން، އެވަގުތު އެތަން ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.
އަދި އެމަންޒަރު ފުލުހުންނަށް ފެނި އެމީހާ ހުއްޓުވައި ސުވާލުކޮށް ބޮޑީ ޗެކް ކުރަން އެދުމުން ގަދަ ހަދައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައިފައި ވާތީ ފުލުހުން ބާރުގެ ބޭނުންކޮށްގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.