ޚަބަރު
ލ. ގަމުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ %73 މަސައްކަތް ނިމިއްޖެ

ލ. ގަން/ފޮޓޯ: އައިލެންޑްސް އެމްވީ
ލ. ގަމުގައި ކުރިއަށްދާ 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ %73 މަސައްކަތް މިހާރު ނިމިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތުގެ ދަށުން އިމާރާތްކުރާ ގެތަކުގެ ބޮޑު އިންސައްތައެއް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ، ސިންގަލް ސްޓޯރީއަށް ހަދާ 100 ގެ ނިންމުމުގެ އެންމެފަހުގެ މަސައްކަތްތައް ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢަކީ ޖުމްލަ 89،389،786.20 ދިވެހި ރުފިޔާ ޚަރަދުވާ މަޝްރޫޢެއް ކަމަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އިމާރާތްތަކުގެ ފިނިޝިންގ މަސައްކަތްތައް ވީ އެހްނމެ އަވަހަކަށް ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ލ. ގަމުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ %73 ވަނީ ނިމިފައި
— Ministry of Construction, Housing & Infrastructure (@MoCImv) March 17, 2025
މިހާރު ކުރިއަށް ދަނީ ސިންގަލް ސްޓޯރީއަށް ހަދާ 100 ގެ ނިންމުމުގެ އެންމެފަހުގެ މަސައްކަތްތައް#HousingProjects pic.twitter.com/tPeyTX8vqJ